ބަލިމީހާގެ އައިޑީކާޑު ނެތް ހާލަތެއްގައި، އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް އާސަދައިން ހަމަޖައްސައިފިއެވެ.

އެގޮތަށް ޚިދުމަތް ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ބަލިމީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ނަމްބަރު ފެންނަން އޮންނަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލުން ޗެކްކޮށް ވެރިފައި ކުރުމަށްފަހުއެވެ.

Ad
rt

އާސަންދައިން ބުނީ ކޮވިޑް-19 ގުޅިގެން ޢިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އާސަންދައިގެ ޚިދުމަތް ލިބޭ ހުރިހާ މަރުކަޒަކުންވެސް އެ އުސޫލުގެ ދަށުން ޚިދުމަތް ލިބޭނެ ކަމަށެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ހަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށްވެސް އެކުންފުނިން ހުސްވި މާރިޗް 21 ވަނަ ދުވަހު ހަމަޖައްސާފައެވެ.