އިންތިހާބު ބޭއްވެންދެން ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ވަގުތީ ޤާނޫނެއްގެ ބިލެއް ހުށަހަޅައިފި
ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ވަގުތީ ޤާނޫނެއްގެ ބިލެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގެ ފުރަމަ ކިއުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް...