ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ.
މިގޮތުން އެ ޚިދުމަތްތައް ލިބެން ހުންނާނީ ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00އިން މެންދުރު 12:00 އަށް ކަމަށްވެސް އެ އިޢުލާން ގައިވެއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވުމުގެ މަސައްކަތްވެސް އެކައުންސިލުން ވަނީ ފަށާފައެވެ. އަދި ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގެ ރަށްވެހިން ތެރެއިން ވަޒީފާ އަދާކުރުމަށް ރަށުންބޭރުގައި ދިރިއުޅެމުން ގެންދާ މީހުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތްވެސް އެކައުންސިލުން ވަނީ ފަށާފައެވެ.
މީގެ އިތުރުންވެސް ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!