ފިޔާއާއި ބިސް ހިފައިގެން އިންޑިއާއިން ރާއްޖެ ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެމް.ވީ ވީބީ ޕްރޮގްރެސް ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގެ އިންޖީނުގައިކަމަށެވެ.
އެމް.ވީ ވީބީ ޕްރޮގްރެސް ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ދަންވަރު 00:30 ހާއިރެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ޙާދިސާގައި، އެ ބޯޓުގެ ފަޅުވެރިން ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ބޯޓު މިހާރު މަޑުމަޑުން ރާއްޖެއާއި ދިމާލަށް ދަތުރުކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ޙާދިސާ ހިނގިއިރު ބޯޓުގައި ތިބީ އިންޑިއާގެ 11 ފަޅުވެރިންކަމަށާއި، އެއްވެސް މީހަކަށް މިކަމުގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓަށް މާލޭގެ ބަނދަރަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހު 3 ޖަހާ އެހާކަންހާއިރުކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!