އުލިގަމުގައި ދަރުމަޔަށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވައިލައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަށުފެންވަރުގައި އެހީތެރިވުމަށް ހއ. އުލިގަމު ކައުންސިލުން، އެރަށުގައި ދަރުމަޔަށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. އިއްޔެ އެކައުންސިލުން ބުނެފައިވަނީ މުޅިދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރަށުފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އެހެންކަމުން އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ދަރުމަޔަށް މަސައްކަތް ކުރާ މީހުން ގޮތުގައި އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ބޭނުންފުޅުވާ އެންމެހައި...