ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރެވެންޔާ، ކުލިވެސް ކޮންޓްރޯލު ކުރެވެންވާނެ: އަލީ

IMG_20200320_134421

ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެވެން އެބަޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ.

އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫންކަމަށެވެ.

ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު.

އަލީ ޙުސައިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

އަލީ ހުސައިން މިހެން ބުނެފައިވާއިރު އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް، އެބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތައް ކަނޑައަޅައި، ޢިއުލާން ކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހިނގާ އޭޕްރިލް މަހުގެ 6 އިން ފެށިގެން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.

ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ ބޮޑު ޢަދަދަކުން ޖޫރި މަނާ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން ބޭންކް ލޯނުތައްދެއްކުންވެސް ސަރުކާރުން ވަނީ ފަސްކޮށްދީފައެވެ. ނަމަވެސް މީގެ ސަބަބުން މާލޭގެ ބޮޑު ކުލީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ލުޔެއް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސަރުކާރަަށް ކުލި ވެސް ކުޑަ ކުރެވިދާާނެ އަދި ރިޒޯޓް މުވައްޒިފުންން މުސާރަ ވެސް ދެވިދާނެ ސުވާލަކީ ކިހާ ދުވަހަކަށްތޯ ސަރުކާރަށް އެގޮތަށް ހިފަހެއްޓޭނި އިހުލާސް ތެރިކަމެއް ހުރިއްޔާ ނިކަން ލިބޭމުސާރައިން އޭގެއިން މީހެއްގެ ކުލި ދައަކާލަބަ ނޫނި ކަރަންޓްބިލް ފެންބިލް ނަމަވެސް

    7
    1
      1. ކޮއްކޯ. ހެޔޮ އެއްޗެއް ބަލަ އަލީ ޙުސައިންއަކީ ނުކިޔވާ ހުރި ޖާހި؛ލެއް ނޫން އިކޮނޮމިކްސްއިން އޭލެވެލްގައި އޭ ސްޓާ ހޯއްދަވައިގެން ޝަރީއާއިން ޑިގްރީވެސް ހައްދަވައިގެން ހުންނެވި ބޭފުޅެއް؛ ތިބޭފުޅާއަށ އެގިލައްވާތޯ މެކްސިމަމް ޕްރައިސް އެެއިންޕްލިމެންޓް ކުރަންޖެހޭނެ މާކެޓް ފެއިއިލިޔާ އަންނަ ހިސާބުން.

  2. ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ދިވެހި ޤައުމުގެ ވެރިން މަޖްލިސް މެމްބަރުން ދިވެހި ޤައުމުގެ ކަންކަން ރަގަޅުކުރަން މަސައްކަތް ނުކުރަނީ. ރައްޔިތުން ކޮންބާރެއް ނުދީގެންބާ.

  3. ސަރުކާރުން ކުލި "ކޮންޓްރޯލް" ކުރަންޖެހޭ. އޭގެ މާނައަކީ ސަރުކާރުން އެންމެންގެ ގޭގޭގެ ކުލި ދައްކާ ދިނުމެއް ނޫން. މައްސަލައަކީ މުއްސަނދިން މުއްސަނދި ވީވީހެން ލިބޭ ފައިދާ ‘ބައްކޮށްފަ’ ‘ބަނޑު އަޅާތީ’. ފައިދާ ބައްކޮށްފަ ބަނޑު އެޅެނީ ސަރުކާރުން އެ ފުރުސަތު ފަހިކޮށްދީފަ އޮތުމުން.

    9
    1
  4. ކިހާބޮޑު ކަމެއްތަ އަލީ! ބަލަ މާލޭ މީހުން އެމީހުންގެ ގެދޮރު ކުލިއަށް ދޭނެ އަގު އެނގޭނީ އެމީހުންނަށް! އެކަން ނުހުއްޓުވޭނެ ސަރުކާރަކަށް އަދި ތިކަހަލަ ރާއްޖެތެރޭ ކުޅަނދު ހަމަ ނުވާ ބަޔަކަށް!

    8
    17
    1. ދެން ތިޔަހެން ވިއްކާ އާއްމު ފަރުދުން ގެންނަ މުދާ ވިއްކާނެ އަގެއްވެސް ސަރުކާރަކަށް ނޭގޭނެ.

      1
      2
  5. ހެވޭ އެހެނޭ ކިޔާފަިއި ރާއްޖެތެރޭ މެންބަރުންނަކަށް ނުބެހެވޭނެ މާލޭ ބިމުން ނެރޭ މަންފާއަކާއި، އެނގިއްޖެ!! ލާމަރުކަޒީ އަކީ އެރަށަކުން ލިބޭ ފައިދާ އަކާއި މައިސަރުކާރުން ނުކުޅުން

    4
    10
    1. ހުރިހާ ރަށަކުން ލިބޭ ފައިދާއިން މާލެ ތަރައްގީ ނުކޮށް ހަމަ އެކަނި ކުލިން ކޮށްފަ ދެން ތިވާހަކަ ދައްކާ ސޮރު

  6. Ha ha ha boasakaraaiy vaahaka dhakkanee,,,
    Sarukaarah baaru foaraa gothah، vaki agakah vikkey ehchegge Agu controle kuraa fadhain bayakuge gedhoruge agu controle kureveyneyoa….

  7. ވިޔަފާރި މުދަލާ ގެދޮރު ކުއްޔަށް ދިނުމާ ހާސްބައި ތަފާތު.ރިސޯޓުގަ ބެޑް ވިކަނީ ވެސް އެމީހުން ބޭނުން އަގަކަށް.

  8. ބަލއއނު ތިކިޔާމަަލެއިން ރާއްޖެތެރޭމީހުން ނިކަން މާލެއިން ބޭރުކޮއްލަބަލަ ތިޔަ ފުއްޕާލާފަ ތިއުޅޭ މާލޭރޑނ ނަން ވާއެއްޗެއް ބަލާލަނ

    1
    2
  9. ޤާރޫނުގެ މުދާތައް ގަންބަވައިގެން ދިޔަގޮތް ކަލެެއަަށްް ނުވިސްނޭނަމަ އެއީ ކަލޭގެ ގަމާރުކަން. މާ މާލެވެގެން ތިއުޅެނީ ރާއްޖެތެރޭ މީހުން ދިނީމަ ކައިގެން ތިއުޅެނީ.

    6
    1
  10. ޢަލީ ހުސެއިން މާލެއިން ބިމެެއް ނުލިބިގެންވެސް ވަރަށް ގޮތްކިޔާމީހެއް.. މާލޭމީހުނަށް ލިބިފަ ރައްރަށުމަިހުނައް ލިބުން އެއީ ކަންނޭގެ އަމިއްލަ އެދުން އިސްނުކޮއް ވިސްނާފި މީހަކު ވިސްނާނީ

    1
    2
    1. އަހަރުމެން މީ މާލޭ މީހެއް. ޢެކަމަކު އުޅެންޖެހިފައި މި އޮތީ ކުއްޔަށް. ތިޔަބުނާ ރާއްޖެތެރޭ މީހުން އަހަރުމެން ދިމާލަށްވެސް ނުކިޔާކަށް އެއްޗެއް ނެތް.

  11. ރާއްޖެތެރޭ މީހުންދެން މާ ފުއްޕާފަ މިއުޅެނީ ކީވެގެންތަ؟ އީސަ ބުނާހެން ކުލި ޖުދެއްކެންޔާ ގޮސް ރަށުގަ އޮވެބަލަ. އަގު ބޮޑިއްޔާ މިތަނަނަށް ނައީމަ ވީނުން.

    1. އިޝާﷲ އެފަދަ ދުވަހެއް ނުދައްކަވާށި އާމީން ، ރާއްޖެތެރޭ މީހާ ރަށައް ގޮސް މަގޫ ފަތް ވެސް ކެވިދާނެ ކަލޯ ކޯޗެއް ކާނީ މަގުމަތިން ގާ ނަގައިގެން ތަ ކާނީ ، ގޮތައް އަރާ ލައްކަ އެކޭ
      ހަމަ ރާއްޖެތެރޭ ތިޔަބުނާ ކުޅަނދު މަދުމިހާ ދިނާމަ ކައިގެން އުޅެނީ

    2. ރާއްޖެ ތެރޭ މީހުން ކުލި ކުޑަ ކުރަން މައްސަލަ ޖެއްސުމުގެ ބަދަލު ގަ ތިމާމެން މާލެ މީހުނަށް ތިޔަވިއްކާ ކާބޯތަކެތި އަގުހެޔޮ ކުރިއްޔާ މާތާހިރުވާނެ
      ޜިހާކުރު ފުޅިއެއް 300
      މިރުސް ކިލޯައެް 500
      ކާށި 12
      މީ ތޯ އަގު ހެޔޮ ކުރަން ބުނާމީހުންގެ ހާލަތު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *