Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
448 Stories
4,070 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 3ގެ ފުޓްސަލް ޗެމްޕިއަންކަން ޓީމު އޮރެންޖު ހޯދައިފި
Thiladhunmathi News

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 3ގެ ފުޓްސަލް ޗެމްޕިއަންކަން ޓީމު އޮރެންޖު ހޯދައިފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 3 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ. މުބާރާތުގެ ރަނަރަޕް ޓީމް، ޓީމް ގްރީންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެ ގޮތުން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އެ ޓީމުން އުފައްދާފައިވެއެވެ. ނަމަވެސް ވާދަވެރި ކުޅުމެއް ދައްކައި، ފުރުޞަތުތަކުގެ ބޭނުން ހިފައި، މެޗް ކާމިޔާބުކޮށް، ޓީމް […]

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް
Thiladhunmathi News

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް

މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ހއ. ދިއްދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ. ދިއްދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި އެއްވެސް ބޭނުމެއް ނެތި ހަރަކާތްތެރިވަމުންދާކަން އެ [...

ދިއްދޫގައި ދޫކޮށްފައިވާ ގޯތިތައް ސާފުނުކުރާނަމަ އަތުލަނީ
Thiladhunmathi News

ދިއްދޫގައި ދޫކޮށްފައިވާ ގޯތިތައް ސާފުނުކުރާނަމަ އަތުލަނީ

ހއ.ދިއްދޫގައި، ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއްދީ، އެ މުހުލަތުގައި ސާފުނުކުރާ ގޯތިތައް ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯތިތަކަކީ، ސަރުކާރުން ހަދާފައިވާ ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް، ޝަރުޠުކުރެވި، އެ ފަރާތްތަކާއި ޙަވާލު ކުރެވިފައިވާ ގޯތިތަކެއްކަމަށެވެ. އެ ގޮތުން ހެދިފައިވާ ޤ...

ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފި
Thiladhunmathi News

ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފި

ށ، ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ، ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފިއެވެ. އެ ރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން، ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ޖުމްލަ 22 ފިހާރަ އާއި 3 ރެސްޓޯރެންޓެއް ބެލިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދިނެވެ. ކޮމަންޑޫ ކައުންސިލްގެ އެސްޖީ ޙަމްދާ އަޙުމަދު “ތިލަދުން”އަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން، ކާބޯތަކެތީގެ މުއްދަތާއި، ތަނުގެ ސާފުތާހިރުކަމާއި، ކާބޯތަކެތި ރައްކާކުރާ ގުދަންފަދަ ތަންތަން ބަލައި ފާސްކުރެވިފައިވާނެކަމަށެވ...

ށ.އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މަރޮއްޓަށާއި މާއުނގޫދޫއަށް
Thiladhunmathi News

ށ.އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މަރޮއްޓަށާއި މާއުނގޫދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މަރޮއްޓަށާއި، މާއުނގޫދޫއަށް އަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމުގެ ޚިދުމަތް ދީފިއެވެ. މިއަދު ކުރިޔަށް ގެންދިޔަ މި ދަތުރުގައި އެކި ދާއިރާތަކަށް ޚާއްޞަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން، ކަށީގެ ޙާއްޞަ ޑޮކްޓަރަކާއި އާންމު ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރެއް، ހިމެނޭ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ށ. އަތޮޅު ހޮސްޕިޓަލުގެ ޕްރިންސިޕަލް ހެލ...

ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަދައްކާތީ އީސީގެ ކަންބޮޑުވުން
Politics

ސިޔާސީ ޕާޓީތަކުން ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަދައްކާތީ އީސީގެ ކަންބޮޑުވުން

ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެގޮތުން، އެ ކޮމިޝަނުން ބުނެފައިވަނީ ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ. ޚިޔާލުފާޅުކ...

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް
Raajje

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް

ހުޅަނގުމޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ. ވިއްސާވިލާ އަކީ ވިއްސާރަ ވިލާތަކުގެ ތެރެއިން ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިދުމުގެ އިތުރުން ވައިގަދަވުމުން އެކުލެވޭ، މޫސުން ވަރަށް ބޮޑަށް ގޯސްވާ ވަގުތުތަކުގައި އުފެދޭ ބޯ އަނދިރި ވިލާތަކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް 3 ދުވަސް (11، 12، އަދި 13 ސެޕްޓެމްބަރު) ގައި ރާއްޖޭގެ ބޮޑުބަޔަކަށް...

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 2 ގެ ޗެމްޕިއަންކަން ޓީމް ޕިންކް އަށް
Thiladhunmathi News

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 2 ގެ ޗެމްޕިއަންކަން ޓީމް ޕިންކް އަށް

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 2 ގެ ފައިނަލް މެޗްގައި ވާދަކޮށް،  ޗެމްޕިއަންކަން ޓީމް ޕިންކް ހޯދައިފިއެވެ. ފޯރިގަދަ ކުޅުމަކަށް ފަހު، ޓީމް ޕިންކް މުބާރާތުގެ ތަށި އުފުލައިލީ، ފައިނަލުގައި ޓީމް ގްރީނާ ބައްދަލުކޮށް، ޕެނަލްޓީ ޖަހައި، 4-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮއްގެންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ކުޅެ، ވަގުތު ހަމަވީ އިރު އެއްވަރު […]

ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް

ހދ.ކުޅުދުއްފުށި ސިޓީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް އަމަލެއް ނުކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮއްފިއެވެ. ހަމައެއާއެކު، ކުޅުދުއްފުށީގެ ހޭޅިފަށާއި، ކުޅި އަދި  ޗަސްބިންތަކުގެ ރުއްގަހާއި، އެ ރަށުގެ ފެހިކަމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ ސަރަހައްދުތައް ޙިމާޔަތް ކުރުމުގެ މުޙިއްމުކަން، އާއްމުންގެ ސަމާލުކަމަށް ގެންނަމުން، އެ ކައުންސިލުން ފާހަގަ ކޮއްފައިވާ ގޮތ...

އުތީމުގައި އަލަށް ގޯތި ލިބުނު މީހުންނަށް ވެސް އަމިއްލަ ގޯތީގައި ގެ އަޅަން އެދުމުގެ ފުރުސަތު ދީފި
Thiladhunmathi News

އުތީމުގައި އަލަށް ގޯތި ލިބުނު މީހުންނަށް ވެސް އަމިއްލަ ގޯތީގައި ގެ އަޅަން އެދުމުގެ ފުރުސަތު ދީފި

އަމިއްލަ ފަރާތަކުން ހއ. އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް ކުރިމަތިލުމަށް 26 އޯގަސްޓް 2026ގައި ހުޅުވާލި ފުރުސަތުގެ ދަށުން އެރަށުން އަލަށް ގޯތި ލިބޭ ފަރާތްތަކަށް ވެސް އެ ފުރުސަތުދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. އަދި އެ...

ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފި
Thiladhunmathi News

ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ހއ. ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ލިބިއްޖެއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް ވިދާޅުވީ، ކުރިއްސުރެ ވެސް  އެ ރަށަށް ތަޢާރަފްކޮއްފައިވާ ހޯމްސްޓޭގެ ޚިދުމަތް މިހާރު ގިނަ ފަރާތްތަކަކުން، ފުޅާ ދާއިރާއެއްގައި ދެމުންދާކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ރަސްމީކޮށް، ފިއްލަދޫއަށް ހުއްދަ ލިބިފައިނުވާތީ، ފިއްލަދޫގެ ނަމުގައި ފަތުރުވެރި...

އެލް ނީނޯގެ ބާރު ގަދަވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް އިލްތިމާސެއް
Thiladhunmathi News

އެލް ނީނޯގެ ބާރު ގަދަވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް އިލްތިމާސެއް

ޕެސިފިކް ކަނޑުގައި އުފެދިފައިވާ “އެލް ނީނޯ” ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމް.ޑީ.އެމް.އޭ) އިން އިލްތިމާސްކޮއްފިއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ މުޙިއްމުކަމެއްކަމަށެވެ. މިގޮތުން ޚާއްޞަ...

މާރަންދޫގެ ގޯތިތަކުގައި ހުރި ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މާރަންދޫގެ ގޯތިތަކުގައި ހުރި ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. މާރަންދޫގެ ގޯތިތަކުގައި އިންދާފައިވާ ރުއްތަކުގެ ތެރެއިން، ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާރަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން މާރަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، ގޯތިތަކުގައި ހުރި ރުއްތަކުގެ ތެރެއިން ކަނދުބުޑު ލައިފައިވާ ރުއްތަކާއި، ފޯދިފައިވާ ރުއްތަކުގެ ކުރިގަނޑު ހުދުވެ ބަލިޖެހިފައިވާ ރުއްތަކަށް ބޭސް އެޅުމުގެ ފުރުޞަތު މިހާރު އޮތް ކަމަށެވެ. އެހެންކަމުން، މި ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަ...

މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި
Thiladhunmathi News

މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ވިޔަފާރި މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި މި މައުރަޒަށް އާންމުންގެ ތަރުޚީބު ލިބިފައިވާކަމަށް އެ ރަށު އތމ ކޮމެޓީން މައުލޫމާތުދެއެވެ. މަކުނުދޫ އތމ ކޮމެޓީގެ ރައީސާ ޝަހްމާ އާދަމް “ތިލަދުން”އަށް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއް...

''ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ'' މިމަހު 15 ގައި ފަށަނީ
Thiladhunmathi News

''ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ'' މިމަހު 15 ގައި ފަށަނީ

ށ.ބިލެތްފަހީގައި ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ “ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ގެ ރަސްމީ ގުރުއަތުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ރޭ 9:00ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. މި މުބާރާތަކީ އެ ރަށުގެ ރައްޔިތުން އެންމެ އިންތިޒާރުކުރާ އެއް ކުޅިވަރު ޢީދެވެ. ބިލެތްފަހި ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ރަށުގެ އެކި ޓީމުތަކުގެ މެދުގައި ބާއްވާ މި ބޮޑު ކުޅިވަރު ފިއެސްޓާ ފެށުމަށް...