ށ.ބިލެތްފަހީގައި ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026" ގެ ރަސްމީ ގުރުއަތުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ރޭ 9:00ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ.

Ad
rt

މި މުބާރާތަކީ އެ ރަށުގެ ރައްޔިތުން އެންމެ އިންތިޒާރުކުރާ އެއް ކުޅިވަރު ޢީދެވެ.

ބިލެތްފަހި ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ރަށުގެ އެކި ޓީމުތަކުގެ މެދުގައި ބާއްވާ މި ބޮޑު ކުޅިވަރު ފިއެސްޓާ ފެށުމަށް ތާވަލުކޮށްފައިވަނީ 15 ސެޕްޓެމްބަރ 2026 ގައެވެ.

ގުރުއަތުލުމުގެ ރަސްމިއްޔާތާއެކު ޓީމުތައް ވާދަކުރާނެ ގްރޫޕްތައް ކަނޑައެޅި، މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި އެ ކައުންސިލުން ބުނެއެވެ.

މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގިނަ އަދަދެއްގެ ވިޔަފާރިތަކަކުންނާއި ޕާޓްނަރުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ..

އެ ގޮތުން، ފްލައިންގ ފިޝް (Flying Fish)، އެމްޔޫ ސްޓޯރ (MU store)، ކްރިސްޓަލް ސީ އިން (Crystal sea inn)، ކެޕް ސްޕީޑް (Cap Speed)، ބްލޫ ކިއުބް (Blue Cube)، މަލާ އެޓަޔަރ (MALA Attire)، ރެޑް ކްރިއޭޓިކް (RED Creatic)، ނިއު އެންޓްރެންސް (New Entrance)، ކޮފީ ސައިން (Coffee Sign)، އަދި ޑެއިޒީ ހޮޓެލްސް (Daisy Hotels) އަކީ އެ މުބާރާތަށް ސްޕޮންސަރ ދީފައިވާ ފަރާތްތަކެވެ.

ބިލެތްފަހި ކައުންސިލުން ވަނީ މި މުބާރާތް އިންތިޒާމުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހުރިހާ ސްޕޮންސަރުންނަށާއި ޕާޓްނަރުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.