ހއ. މާރަންދޫގެ ގޯތިތަކުގައި އިންދާފައިވާ ރުއްތަކުގެ ތެރެއިން، ބަލިޖެހިފައިވާ ރުއްތަކަށް ބޭސްއެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާރަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން މާރަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، ގޯތިތަކުގައި ހުރި ރުއްތަކުގެ ތެރެއިން ކަނދުބުޑު ލައިފައިވާ ރުއްތަކާއި، ފޯދިފައިވާ ރުއްތަކުގެ ކުރިގަނޑު ހުދުވެ ބަލިޖެހިފައިވާ ރުއްތަކަށް ބޭސް އެޅުމުގެ ފުރުޞަތު މިހާރު އޮތް ކަމަށެވެ.

Ad
rt

އެހެންކަމުން، މި ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، ގޭގޭގައި ހުރި އެފަދަ ރުއްތަކުގެ އަދަދު ސާފުކޮށް ހާމަކުރުމަށްފަހު، ކައުންސިލް އިދާރާގައި ނަންނޯޓު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މާރަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ބޭސްއެޅުމަށް ބޭނުންވާ ރުއްތައް ނޯޓުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 21 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.