ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 2 ގެ ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް ޕިންކް ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު، ޓީމް ޕިންކް މުބާރާތުގެ ތަށި އުފުލައިލީ، ފައިނަލުގައި ޓީމް ގްރީނާ ބައްދަލުކޮށް، ޕެނަލްޓީ ޖަހައި، 4-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮއްގެންނެވެ.

Ad
rt

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ކުޅެ، ވަގުތު ހަމަވީ އިރު އެއްވަރު ވެފައި އޮތުމުން، ނަތީޖާ ނެރުމަށް، ޕެނަލްޓީ ޖެހި ވަގުތުގައި، ޓީމް ޕިންކް ހުރި ހޯދީ ވަރަށް ހަނި ތަފާތަކުންނެވެ. މި މުބާރާތުގެ ރަނަރަޕްޓީމަކީ، އެއް ލަނޑުގެ ތަފާތުން، ޓީމް ގްރީނެވެ.

"ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ކިންގް އޮފް ދަ ޓޯނަމެންޓް އަޙްޔާން ޝިޔާމް ރަޝާދު، ފޮޓޯ: ރަމްޒް ސްޕޯޓްސް އެކަޑަމީ

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ) އަދި ކިންގް އޮފް ދަ ޓޯނަމެންޓްގެ މަޤާމު ހޯދާފައިވަނީ ޓީމް ޕިންކްގެ އަޙްޔާން ޝިޔާމް ރަޝާދެވެ.

މީގެއިތުރުން ބެޗް 2 ގެ އެންމެ ގަދަ ފަސް ކުޅުންތެރިން ވެސް ހޮވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަޙްޔާން ޝިހާމް ރަޝާދު
  • އަޙްމަދު ޝައިން ޝަފީޤް
  • ލުއައްޔު ބިން ޝިފާއު
  • އަޙްމަދު އައްފާން އަލީ ފަރުހާދް
  • ޢަބްދުﷲ ރަވާން ރިޟާ
ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ރަމްޒް ސްޕޯޓްސް އެކަޑަމީ

މި މުބާރާތުގެ ބެސްޓް ކޯޗުންނަށް ހޮވިފައިވަނީ އިވާން ވާފިރާއި އާދަމް ޒާހިރެވެ.

މި މުބާތުގައި މިއަދު ހަވީރު ކުޅޭ ބެޗް 5 ގެ ފައިނަލްގައި ބައްދަލުކުރާނީ ޓީމް ގްރީން އާއި ޔެލޯ އެވެ.