Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
448 Stories
4,091 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ އިތުރު ހަތަރު މެޗެއް އިއްޔެ ކުޅެފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޒައިޒީން 1-1 އިން އެއްވަރުވީ ނަމަވެސް، އިއްޔެ އިހްވާން ޖޫނިއާ އާ ދެކޮޅަށް ކުޅުނު މެޗު 1-8ގެ ބޮޑު ތަފާތަކުން ޒައިޒީން ވަނީ ކުރިހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒައިޒީގެ ޖާޒީ ނަންބަރު 8 އާމިނަތު ޒާހިޔާއެވެ. މި މެޗުގައި ޒާހިޔާ ވަނީ ޒައިޒީއަށް 3 ގޯލު ކާމިޔާބުކޮއްދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. މީގެއިތުރުން އިއް...

27 ވަނަ އަހަރީ ދުވަހާ އެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް ފަށައިފި
Thiladhunmathi News

27 ވަނަ އަހަރީ ދުވަހާ އެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް 27 އަހަރު ފުރުމާއެކު، އެ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ)ގެ  ރައީސާ އައިޝަތު ޢީސާ އާއި އެ މަރުކަޒުގެ ޚިދުމަތުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު، ޚިދުމަތުން ވަކިވެވަޑައިގެން ހުންނެވި، މަރިޔަމް މޫސާއެވެ. އެ ރަށު ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި، ސީނިއާ އެޑްމިނިސްޓ...

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ފަށައިފިއެވެ. ގިނަ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޯނު އެފްސީ އަދި އިހްވާން އެފްސީ ބައްދަލު ކުރި އިރު، މި މެޗު، 1-11ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގައި އެ ޓީމުގެ ޒިދާން އަޙްމަދު […]

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް
Thiladhunmathi News

ކުޅުދުއްފުށީގެ ވިޔަފާރިތަކަށާއި ހދ.ކައުންސިލްތަކަށް ބޮޑު ބާޒާރުން އިތުރު ފުރުޞަތުތަކެއް

ރަޖިސްޓްރީކޮށްގެން ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ،  “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގައި، ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 7 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. މިކަމާގުޅިގެން އެ ކައުންސިލުން ކޮ...

އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Business

އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ދިވެހި ސަޤާފީ ފަންނުތައް ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، ބޮޑުބެރުގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރުގެ ބޮޑު...

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ގެ ކުރެހުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބިން ހިއްކާ ސަރަޙައްދު ފާހަގަކޮއްފައިވާ އެ ރަށުގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު، އެ ކައުންސިލުން ބުނެފައިވަނީ، އެ ކުރެހުމާ ގުޅިގެން، އެއްވެސް ޚިޔާލެއް، މަޝްވަރާއެއް ނުވަތަ ކަންބޮޑުވުމެއް ވާނަމަ އެ އިދާރާއާ ޙިއްޞާ ކުރުމަށެވެ. އެ ގޮތުން، ރައްޔިތުންގެ ޙިޔާލުތައް، އެ ކުރެހުމާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފ...

ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
News

ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ސަޤާފީ ވާދައިގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހި ސަޤާފަތުގެ މުއްސަނދިކަން ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، މި ދާއިރާއިން ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ މި އަހަރުގެ ސަޤާފީ ވާދައިގައި، ސަޤާފީ އެކި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ހު...

އަލިފުށީ "ފޯސީ ބޯޓު" އުނގޫފާރުގެ ނެރު މައްޗަށް އުރިއްޖެ
Raajje

އަލިފުށީ "ފޯސީ ބޯޓު" އުނގޫފާރުގެ ނެރު މައްޗަށް އުރިއްޖެ

ރ. އުނގޫފާރު ނެރު ފައިކައްޓަށް  ފޯސީ ނަމަކަށް ކިޔާ ބޯޓެއް އުރިއްޖެއެވެ. ކައުންސިލްގެ ރައީސް މުޙައްމަދު ޙުސައިން މަނިކު “ތިލަދުން”އަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ، މާލެއިން އައިސް އުނގޫރާފަށް ވަތް ވަގުތުކަމަށެވެ. އަދި ބޯޓު އުރިފައިވަނީ ނެރުގެ ދެކުނު ފަރާތު ފައިކައްޓަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ވަގުތަކީ ދިޔަވަރު ހިކެމުންދާ ވަގުތު ކަމުން ބޯޓު ބީހެމުންދާތީ، އިތުރަށް ބޯޓު ފުންކުރަން ދަތިވެފައިވާކަމަށް ވެސް ރައީސް، މުޙައްމަދު ޙުސައިން މަނިކު މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން އެ [...

ބެޗް 5ގެ ޗެމްޕިއަންކަން ޓީމް އޮރެންޖް އަށް، ނަރުދޫ ރަމްޒު ސްޕޯޓްސް ފިއެސްޓާ ނިންމާލައިފި
Thiladhunmathi News

ބެޗް 5ގެ ޗެމްޕިއަންކަން ޓީމް އޮރެންޖް އަށް، ނަރުދޫ ރަމްޒު ސްޕޯޓްސް ފިއެސްޓާ ނިންމާލައިފި

ށ.ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 5 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ޓީމް ގްރީނެވެ. ފޯރިގަދަ މި މެޗް ކާމިޔާބުކޮށް، ޓީމް އޮރެންޖުން މުބާރާތުގެ ތަށި އުފުލައިލީ، 7-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމު، ނާހިލް ޞަބާޙް ހޯދާފައިވާއިރު، ކިންގް އޮފް ދަ ޓޯނަމެންޓްގެ […]

ރަމްޒު ސްޕޯޓްސް ސްޕޯޓްސް ފިއެސްޓާ: ބެޗް 4ގެ ޗެމްޕިއަން ޓީމު ގްރީނަށް
Thiladhunmathi News

ރަމްޒު ސްޕޯޓްސް ސްޕޯޓްސް ފިއެސްޓާ: ބެޗް 4ގެ ޗެމްޕިއަން ޓީމު ގްރީނަށް

ށ.ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 4 ގެ ހޭންޑްބޯލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމު ގްރީން ހޯދައިފިއެވެ. ޓީމު ގްރީންއިން އަވަސް، ހަލުވި ކުޅުމެއް ކުޅެ،  މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 6-1 ގެ ނަތީޖާއިންނެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކީ، ޓީމް ޕިންކެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމް ހޯދާފައިވަނީ، މި މުބާރާތުގައި […]

ކައުންސިލްގެ ހުއްދަ ނެތި ހަނިމާދޫއިން ރުއްގަސް ބޭރު ކުރުން މަނާކޮއްފި
Thiladhunmathi News

ކައުންސިލްގެ ހުއްދަ ނެތި ހަނިމާދޫއިން ރުއްގަސް ބޭރު ކުރުން މަނާކޮއްފި

ހދ. ހަނިމާދޫ ކައުންސިލްގެ ހުއްދަނެތި އެ ރަށުން ރުއްގަސް ބޭރުކުރުން އެ ކައުންސިލުން މަނާކޮއްފިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މިހާރު އެ ރަށު ބަނދަރުން ރުއްގަސް ބޭރު ކުރަމުން ދަނީީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތަށް ނޫންކަމަށެވެ. މީގެއިތުރުން ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެކަން މަނާ ކުރަން ޖެހުނީ، ރުއްގަސް ބޭރުކުރުމުގެ ތެރޭގައި ބަނދަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީކަމަށެވެ. އެ ރަށުން، ރުއްގަސް ބޭރުކުރާ ފަރާތްތަކުން ލޭންޑިންގ ކްރާފްޓްތަކަ...

ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް
Thiladhunmathi News

ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް

ހދ. ކުރިނބީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ކުރިނބީ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. 09 ސެޕްޓެމްބަރ 2026ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނި ގޮތުގައި، މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކި...

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި، ޚިދުމަތްދޭ ފަރާތްތަކަށް "ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި، ޚިދުމަތްދޭ ފަރާތްތަކަށް "ވިޒިޓް ކަނޑިތީމު" ވެބްސައިޓްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފި

ށ.ކަނޑިތީމުގައި އެއްވެސް ކަހަލަ ޚިދުމަތެއް ފޯރުކޮއްދޭ ނުވަތަ ވިޔަފާރި ކުރައްވާ ފަރާތްތައް “ވިޒިޓް ކަނޑިތީމު” ވެބްސައިޓްގައި ލިސްޓް ކުރުމަށް، ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ކަނޑިތީމު ރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ “ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ” މަޝްރޫޢުގެ ދަށުންނެވެ. “ވިޒިޓް ކަނޑިތީމު” ޕޭޖުގައި ހިއްސާކޮއްފައިވާ ގޮތުގައި، މިއީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑ...

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 1ގެ ހޭންޑްބޯލް ޗެމްޕިއަނަކަށް ޓީމް ޕިންކް
News

ރަމްޒު ސްޕޯޓްސް ފިއެސްޓާ: ބެޗް 1ގެ ހޭންޑްބޯލް ޗެމްޕިއަނަކަށް ޓީމް ޕިންކް

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 1 ގެ ހޭންޑްބޯލްގެ ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް ޕިންކް ހޯދައިފިއެވެ. ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މެޗުގެ ޗެމްޕިއަންކަން ޓީމް ޕިންކް ހޯދާފައިވަނީ މެޗު ފެށުނުތާ މާ ގިނައިރުތަކެއް ނުވެ، ޓީމް ޕިންކުން ޖެހި ހަމައެކަނި ލަނޑާއެކު 1-0ގެ ނަތީޖާއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮއްދީފައިވަނީ ކްލާރާ ބިންތު ޢަލީ ރަމްޒީއެވެ.  މި މުބާރާތުގެ […]

ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ.ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ “މަދަޙަ މުބާރާތް 2026” ނިންމާލައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެވިޑް އިންޓަނޭޝަނަލް ސްކޫލާއި އެ ރަށު ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި، ބޭއްވި މުބާރާތެކެވެ. މި މަދަހަ މުބާރާތުގައި އިސްލާމީ އަޚުލާޤާއި، މާތްﷲ ގެ ކިބަފުޅަށް ޙަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާ ޞޢވ ގެ މާތް ސިފަފުޅުތަކަށް ތަޢުރީފުގެ މަދަހަތައް އިވިގެން ގޮ...