ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ