Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
446 Stories
4,061 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ކަނޑުއަޑީގެ ހޮހޮޅަ (ނައިވާދޫ ހޮހޮޅަ)ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލް ރައީސް މުޙައްމަދު ނައުފަލް “ތިލަދުން”އަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ނައިވާދޫގެ ހުޅަނގުފަރާތު ފަރާ ދިމާލުން ކަނޑުއަޑީގައި އޮތް ބޮޑު ހޮހަޅަ ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖ...

ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައިފި
Thiladhunmathi News

ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައިފި

ށ. ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15ވަނަ އާއްމު ބައްދަލުވުމުގައެވެ. ނޫމަރާ ކައުންސިލްގެ ރައީސް، އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޙިމާޔަތް ކުރަންޖެހޭ އާސާރީ ތިން ތަނެއް ހުރި ކަމަށެވެ. އެއީ ބޮޑު ހިރިއަކާއި، އިހުގެ ފެންވަޅެއްގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުކާނިގަހާއި ބޮޑު ހިލައެކެވެ. ކައުންސިލްގެ ރައީސް ފުއާދު އިތުރަށް މައުލޫމާތު […]

މާއުނގޫދޫ ފެހިކުރުމުގެ މަސައްކަތަށް ކޮމެޓީއެއް، ކުރިމަތިލާން ހުޅުވާލައިފި
Thiladhunmathi News

މާއުނގޫދޫ ފެހިކުރުމުގެ މަސައްކަތަށް ކޮމެޓީއެއް، ކުރިމަތިލާން ހުޅުވާލައިފި

ށ. މާއުނގޫދޫ ކައުންސިލުން، “ގަރޑެނިން ކޮމެޓީ” ގެ ނަމުގައި ކޮމެޓީއެއް އުފައްދައި، ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށުގައި ގަސްއިންދާ، ރަށް ފެހިކުރުމުގެ މަޤްޞަދުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ މި ކޮމެޓީއަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރ 2026 ގެ 14:00ށް ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރުމަށް ވެސް  އެ ކައުންސިލުން އެދިފައިވެއ...

ހޯރަފުށީގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ހޯރަފުށީގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލައިފި

ހއ. ހޯރަފުށީ ކައުންސިލުން އެ ރަށުގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުން ޖުމްލަ ހަ ބިމެއް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2026 ވާ ދުވަހުގެ […]

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ
Thiladhunmathi News

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ފެށުމަށް ތައްޔާރުވެއްޖެއެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އަންހެން، އަދި ފިރިހެން ވޮލީ މުބާރާތެއް ކުރިއަށް ދާނެއެވެ. އެ ގޮތުން އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު މި މުބާރާތުގައި ވާދަ ކުރާނެކަމަށް ވެސް ފުއާދު […]

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ
Thiladhunmathi News

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...

ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފި
Raajje

ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތާއެކު، ސްޕީޗް އެންޑް ލޭންގްއޭޖް އެސެސްމަންޓް ހެދުމާއި، ވޮއިސް ތެރަޕީ އަދި އަރޓިކިޔުލޭޝަން ތެރަޕީގެ ޚިދުމަތް ވެސް ލިބޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު މައިމޫން “ތިލަދުން”އަށް ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ، 2025ވަނަ އަހަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ހޮސްޕިޓަލުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ޚިދުމަތް […...

މާލެއަށް ނުގޮސް އުތުރުގައި ބޮޑު މުބާރާތެއް: ''މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް'' ކުޅުދުއްފުށީގައި
Thiladhunmathi News

މާލެއަށް ނުގޮސް އުތުރުގައި ބޮޑު މުބާރާތެއް: ''މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް'' ކުޅުދުއްފުށީގައި

ސްވިމް މޯލްޑިވްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން “މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026” ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވ...

ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް
Thiladhunmathi News

ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް

ހދ. ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށުގެ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި، ފަޅު ގޯތިތަކުގައި ވިނަފަޅައި، ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި ދަނީ އާލާވަމުންނެވެ. މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި، ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހު...

ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ
Thiladhunmathi News

ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި  މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް  ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން  ބާއްވާ ސެޝަނެކެވެ. މި ސެޝަނުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާއިރު، 10 ސެޕްޓެމްބަރު 2026، މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ...

ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއެކު، ހދ. ނޮޅިވަރަންފަރު ކައުންސިލުން، ބޭއްވި ބައްދަލުވުމެއްގައި ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް، މަޝްވަރާކޮއްފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ، ތަރައްޤީ ޕްލޭން އެކުލަވައިލުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށާއި، ދަޢުލަތުގެ މިނިސްޓްރީތަކާއި ވުޒާރާތަކާ ބައްދަލު ކުރުމަށް، އެ ރަށު ކައުންސިލުން، 26 އޯގަސްޓް 2026 އިން 05 ސެޕްޓެމްބަރގެ ނިޔަލަށް މާލޭސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ހދ...

ރަމްޒު ސްޕޯޓްސް ފިއެސްޓާ: މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮއްފި
Thiladhunmathi News

ރަމްޒު ސްޕޯޓްސް ފިއެސްޓާ: މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮއްފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ ބެޗްތަކުން ފައިނަލްގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮއްފިއެވެ. އެ ގޮތުން، ހޭންޑްބޯލް މުބާރާތުގެ ބެޗް 1ން، ޓީމް އޮރެންޖް 11 ޕޮއިންޓާއެކު ފައިނަލް ޔަޤީންކޮއްފައި ވާއިރު، 7 ޕޮއިންޓާއެކު ޓީމް ޕިންކްވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މީގެއިތުރުން ބެޗް 2ގެ ފުޓްސަލް މުބާރާތުން،  އެއްވެސް މެޗަކުން ބަލި ނުވެ، 12 ޕޮއިންޓާއެކު ޓީމް ޕިންކް އަދި 4 ޕޮއިންޓާއެކު […]

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް
News

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް

ށ. ފީވަކާއި އެ އަތޮޅު ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮއްފިއެވެ. ފީވައް ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށު ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިމެއް ދޫކޮއްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކޮމްޕެނީއާ ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 40 އަހަރު ކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ. މީގެއިތުރުން އެ އަތޮޅު ފޭދޫގައި ވެސް، ފިއުލް ޝެޑް ގާއިމުކުރުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވުނު ބިމުގެ އެއްބ...

ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި
Thiladhunmathi News

ނޮޅިވަރަންފަރު ޕޮލިހުން އެރަށު ކަބް ސްކައުޓުންނަށް މޫދުގެ ސަލާމަތްތެރިކަން އުނގަންނައިދީފި

ހދ. ނޮޅިވަރަންފަރު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް އަމާޒުކޮށްގެން، މޫދުގެ ރައްކާތެރިކަމާއި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް ނޮޅިވަރަންފަރު ޕޮލިހުން ބާއްވައިފިއެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ 2 ސެޕްޓެންބަރު 2026 ވަނަ ދުވަހުއެވެ. ނޮޅިވަރަންފަރު ޕޮލިހުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހޭލުންތެރިކުރުމުގެ ސެޝަންގައި އެ ސްކޫލުގެ ކަބް ސްކައުޓްގެ ޖުމުލަ 7 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. ހދ. ޕޮލިހުން ބުނިގޮތުގައި މި ސެޝަންގ...

ދިއްދޫ ހޭންޑްބޯލް މުބާރާތް ކެންސަލް، ވެޓަރަންސް ފުޓްބޯޅަ މުބާރާތް ފަސްކޮށްފި
Thiladhunmathi News

ދިއްދޫ ހޭންޑްބޯލް މުބާރާތް ކެންސަލް، ވެޓަރަންސް ފުޓްބޯޅަ މުބާރާތް ފަސްކޮށްފި

އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ، ހއ. ދިއްދޫ ހޭންޑްބޯލް މުބާރާތް ކެންސަލްކޮއްފިއެވެ. “ހއ. ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026″އަކީ، ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރަައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، ދިއްދޫގެ ކަނބަލުންނަށް  ބޭއްވުމަށް ނިންމާ ޢިއުލާންކުރި މުބާރާތެކެވެ. ދިއްދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ، މި މުބާރާތުގައި، ބައިވެރިވުމުގެ ފުރުޞަތު 2 ސެޕްޓެމްބަރ 2026ގެ ނިޔަލަށް ހަމަވީއިރު، މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވަނީ ދެ ޓީމަކުން ކަމަށެވެ. އެހެންވެ،...