ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި
ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށ...