ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފިއެވެ.
ޔުނައިޓެޑް ކިންގްޑަމްގައި ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުން ކުރުން އިތުރުވަމުންދާތީ، ކުޑަކުދިން މި ނުރައްކާތެރި އާދައިން ސަލާމަތްކުރުމަށް ވަކި ވައްތަރެއްގެ ވޭޕްތައް މަނާކުރުމަށް އިނގިރޭސި ވިލާތުގެ ހުރިހާ ޑޮކްޓަރުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ބުނެފައިވަނީ މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ޒުވާނުންގެ ދިރިއުޅުމުގައި ވޭޕްތަކަށް ޖާގައެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ކުޑަކުދިން ވޭޕިންގ އަށް ޝައުގުވެރިކުރުވުމަށް ކުޑަކުދިންނަށް ގެންގުޅޭ ކުލަތަކާއި ބްރޭންޑްތަކާއި އަދި ބަބަލްގަމް އަދި ކޭންޑީ ފްލޮސް ފަދަ ރަހަތައް ބޭނުންކުރަމުންދާ ކަމަށް ބީއެމްއޭ އިން ބުނެފައިވެއެވެ. މިއީ ނިކޮޓިން އެޑިކްޝަނަށް މަގުފަހިވާ ކަމެއް ކަމަށްވެސް ބީއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.
އަންދާޒާތަކުން ދައްކާގޮތުގައި އިނގިރޭސި ވިލާތުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 8 އިންސައްތަ ކުދިން ވޭޕް ކުރެއެވެ. މިކަމާ ގުޅިގެން ޑޮކްޓަރުން ވަނީ ތަފާތު ވައްތަރު ވައްތަރުގެ ރަހަ އަޅާފައި ހުންނަ ވޭޕްތަކާއި އެއްފަހަރު ބޭނުންކޮށްލާ ވޭޕްތައް މަނާކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!