Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޔުކްރެއިނަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 50 މަރު
International

ޔުކްރެއިނަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 50 މަރު

ޔުކްރެއިންގެ މެދުތެރޭގައި އޮންނަ ޕޮލްޓާވާ ސިޓީއަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 51 މީހަކު މަރުވެއްޖެއެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސިފައިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާގައި އިތުރު 200 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާއިރު، މި ހަމަލާ އަމާޒުކޮށްފައިވަނީ ސިފައިންގެ މުވާސަލާތީ އިންސްޓިޓިއުޓަކާއި އޭގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ. ޔުކްރެއިންގެ ސިފައިންގެ ބާރުތަކުން ވަނީ މި ހަމަލާގައި ސިފައިން ވެސް މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޔުކްރެއިންގެ ދ...

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު 40،800 އަށް ވުރެ މައްޗަށް
International

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު 40،800 އަށް ވުރެ މައްޗަށް

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 33 މީހަކު ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ ޖުމުލަ އަދަދު 40،819 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 94،291 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. “ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ހިންގި ގަތުލުއާންމުގައި 33 މީހުން ޝަހީދުކޮށް، 67 […]

ސަޢޫދީ ޢަރަބިއްޔާގެ އަމީރާ ލަޠީފާ ބިންތި ޢަބްދުލްޢަޒީޒް އަވަހާރަވެއްޖެ
International

ސަޢޫދީ ޢަރަބިއްޔާގެ އަމީރާ ލަޠީފާ ބިންތި ޢަބްދުލްޢަޒީޒް އަވަހާރަވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ އަމީރާ ލަޠީފާ ބިންތި ޢަބްދުލްޢަޒީޒް އަލްސަޢޫދު އިއްޔެ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި ހާމަކުރެވިފައެއް ނުވެއެވެ. އަމީރާ ލަޠީފާ އަކީ ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ރަސްގެފާނު، ބަނީ ސަޢޫދު ޚާންދާނުގެ މުއައްސިސް އަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އާލް ސަޢޫދުގެ ދަރިކަނބަލުންނެވެ. އެކަމަނާގެ އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ މީޑިއާތަކުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް ހެޔޮ ދުޢާކޮށް، އާއިލާއަށް ކެތްތެރިކަން...

އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ
International

އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ

އިންޑިއާގެ ރާޖަސްތާންގެ ބާމަރު ސަރަޙައްދުގައި އިންޑިއަން އެއަރ ފޯސްގެ މިގް-29 ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެއެވެ. މި ހާދިސާގައި ޕައިލެޓް ސަލާމަތްވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގީ އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައެވެ. އެއަރ ފޯސްއިން ބުނީ މި ޖެޓަށް “ނުރައްކާތެރި ޓެކްނިކަލް މައްސަލައެއް” ދިމާވި ކަމަށެވެ. އެއަރ ފޯސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވަނީ “ބާމަރު ސަރަޙައްދުގައި އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައި އައިއޭ...

ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް
International

ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް

ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން ހޯދައިފިއެވެ. އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ކޮންމެ ފަސް މަރަކުން އެއް މަރަކީ ހިތުގެ ބައްޔަކުން ވާ މަރެކެވެ. ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބަލިތައް ދުރާލާ ހުއްޓުވުމަށް ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމާއި ބޭސްފަރުވާ ފަދަ ގޮތްތަކެއް އެނގިފައި ވީނަމަވެސް، ސައިންސް ވެރިންގެ މި އައު ދިރާސާއިން ދައްކައިދީފައިވަނީ ލޭގެ...

އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ 30 ލައިސަންސް ހިފަހައްޓައިފި
International

އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ 30 ލައިސަންސް ހިފަހައްޓައިފި

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ، އެ ޤައުމުން އިސްރާއީލަށް ހަތިޔާރު ވިއްކުމަށް ދޫކޮށްފައިވާ 30 ލައިސަންސް ހިފަހައްޓާފައިވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެފިއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށްފަހު ނިންމި ނިންމުމެކެވެ. އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ޕޯލް އެޑަމްސް ވިދާޅުވި ގޮތުގައި، ހިފަހައްޓާފައިވާ 30 ލައިސަންސްގެ ތެރޭގައި ހިމެނެނީ އަސްކަރީ މަތިންދާބޯޓު، ހެ...

އިސްރާއީލްގައި ކުރިއަށް ގެންދާ ހަޅުތާލާ ގުޅިގެން އެންމެ ބޮޑު އެއާޕޯޓް ބަންދުކުރަނީ
International

އިސްރާއީލްގައި ކުރިއަށް ގެންދާ ހަޅުތާލާ ގުޅިގެން އެންމެ ބޮޑު އެއާޕޯޓް ބަންދުކުރަނީ

އިސްރާއީލްގައި ކުރިއަށް ގެންދާ ގައުމީ ހަޅުތާލާ ގުޅިގެން އިސްރާއީލުގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ބެން ގޫރިއަން އެއަރޕޯޓް، ހޯމަ ދުވަހު އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށް އިޢުލާނުކޮށްފިއެވެ. މިއީ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ބޭއްވޭ ގައުމީ ހަޅުތާލުގެ ތެރެއިން ކުރަން ރާވާ ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަން ކަމުގައިވާ ހިސްޓަދްރޫޓުގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، ހެނދުނު 8:00 އިން ފެށިގެން އެއަރޕޯޓުގެ ހުރިހާ އ...

ދެކުނު ކޮރެއާގައި ޑިޖިޓަލް ޖިންސީ ކުށްތައް އިތުރުވަމުންދާތީ ކަންބޮޑުވުން 
International

ދެކުނު ކޮރެއާގައި ޑިޖިޓަލް ޖިންސީ ކުށްތައް އިތުރުވަމުންދާތީ ކަންބޮޑުވުން 

ދެކުނު ކޮރެއާގައި ޑިޖިޓަލް ޖިންސީ ކުށްތައް އިތުރުވަމުންދާކަމަށް ބުނެ އެޤައުމުގެ ރައީސް ޔޫން ސުކް ޔޯލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިގޮތުން އަންހެނުންނާއި ކުޑަކުދިން އަމާޒުކޮށްގެން ހަދާ ޑީޕްފޭކް ޕޯނޯގްރަފީގެ މައްސަލަތައް އިތުރުވަމުންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ޔޫން ވިދާޅުވި ގޮތުގައި މިފަދަ ޑީޕްފޭކް ވީޑިއޯތައް ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ދަނީ ދައުރުވަމުންނެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ޓެލެގްރާމް ޗެޓް ގްރޫޕްތައް އުފެދެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅު...

ހެބްރޯން ސިޓީ ކައިރިން އިޒްރޭލު ސިފައިންގެ 3 މީހުން މަރާލައިފި
International

ހެބްރޯން ސިޓީ ކައިރިން އިޒްރޭލު ސިފައިންގެ 3 މީހުން މަރާލައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޯން ސިޓީ ކައިރިން އިޒްރޭލު ސިފައިންގެ 3 މީހުން މަރާލައިފިއެވެ. އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގެ ހެބްރޯން ސިޓީ ކައިރީގައި ހިނގި ހަމަލާއެއްގައި އިޒްރޭލުގެ 3 ސިފައިން މަރުވީ އިދްނާ ތަރްޤުމިއްޔާ ޖަންކްޝަން ސަރަހައްދުގައި އެ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށްދިން ރޮކެޓް ހަމަލާއެއްގައެވެ. މި ހާދިސާއާ ގުޅިގެން އިޒްރޭލްގެ ސެކިއުރިޓީ ބާރުތަކުން ހެބްރޯންގެ ގެއެއް ވަށައިލުމަށްފަހު، މި ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ފަލަސްތީނުގެ މީހަ...

ކޯޓު އަމުރަކާ ގުޅިގެން ބްރެޒިލްގައި އެކްސް ބްލޮކްކުރުމުގެ މަސައްކަތް ފަށައިފި
International

ކޯޓު އަމުރަކާ ގުޅިގެން ބްރެޒިލްގައި އެކްސް ބްލޮކްކުރުމުގެ މަސައްކަތް ފަށައިފި

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އިލޮން މަސްކާ ދެމެދު ހިނގަމުންދާ ޖަދަލަކާ ގުޅިގެން، ބްރެޒިލްގައި އެކްސް (ކުރީގެ ޓްވިޓަރ) ބްލޮކްކުރުމަށް އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން މަސައްކަތް ފަށައިފިއެވެ. ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން ހުކުރު ދުވަހު ބުނި ގޮތުގައި، ކޯޓު އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި އެކްސްއަށް އެކްސެސްވުން ހުއްޓުވުމަށް މަސައްކަތް މިހާރުވަނީ ފަށައިފައެވެ. މިއީ އެކްސްއިން ބްރެޒިލްގައި ޤާނޫނީ ވަކީލެއް ޢައްޔަންކުރުމަށް ކޯޓުން ދީފައިވާ މުއްދަތު...

އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
Raajje

އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނިން އަށް ބޮން އަޅައި އެ ސިޓީ ހިސޯރުކޮށްފިއެވެ. ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި، އުތުރުގެ ޖަބާލިޔާ އަދި ދެކުނުގެ ޚާން ޔޫނިސް ހިމެނޭގޮތަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން އިއްޔެއާއި ރޭ ދިން ހަމަލާތަކުގައި މަދުވެގެން 12 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. ޔަހޫދީ ސިފައިންގެ ބާރުތަކުން ޖެނިން ސިޓީ ވަށާލައި އެ ސިޓީ ހިސޯރު ކުރުމުގެ ސަބަބުން، ފަލަސްތީނު ރައްޔިތުންނަށް ކާނާ އާއި ފެން، ކަރަންޓު އަދި އިންޓަރނެޓް […]

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަނީ
International

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަނީ

އދ.ގެ އޭޖެންސީތަކުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށަން ތައްޔާރުވަމުން އެބަދެއެވެ. ޣައްޒާގައި ޕޯލިއޯގެ ފުރަތަމަ ކޭސް 25 އަހަރަށްފަހު ފެނުމާ ގުޅިގެން، ޔޫއެން އޭޖެންސީތަކާއި ޣައްޒާގެ ސިއްހީ އިދާރާތަކުން 640،000 ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިގަތުމަށް ވަނީ ނިންމާފައެވެ. މި ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުންނެވެ. މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރާއީލުގެ ސިފައިންނާއި ހަމާސްގެ މުޖާހިދުންގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހު...

ބްރެޒިލްގައި އެކްސް މަނާކުރުމުން މަސްކް ރުޅިގަދަވެއްޖެ
International

ބްރެޒިލްގައި އެކްސް މަނާކުރުމުން މަސްކް ރުޅިގަދަވެއްޖެ

ބްރެޒިލްގައި އެކްސް މަނާކުރުމާ ގުޅިގެން އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ރުޅިގަދަވެއްޖެއެވެ. ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެކްސް ސޯޝަލް ނެޓްވޯކް އެގައުމުގައި ބޭނުން ކުރުން މަނާ ކުރުމަށް އަމުރުކުރުމާއި ގުޅިގެން އެ ކުންފުނީގެ ވެރިޔާ އިލޮން މަސްކް ވަނީ މިކަމާ ގުޅިގެން ބްރެޒިލްގެ ފަނޑިޔާރު އެލެކްސަންޑްރޭ ޑި މޮރާއިސްއަށް ފާޑުކިޔާފައެވެ. ފަނޑިޔާރު މޮރާއިސް މި އަމުރު ނެރުއްވާފައިވަނީ އެކްސް ޕްލެޓްފޯމްގައި ޤާނޫނާ ޚިލާފު ކޮންޓެންޓް ހުރިކަމަށް ބުނެއެވެ. އަދި މި އަމުރާ ޚިލާފުވެއްޖެނަމަ ދުވާ...

ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު އީޔޫއިން ބަލައެއް ނުގަތް
International

ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު އީޔޫއިން ބަލައެއް ނުގަތް

ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިޢުލާންކޮށްފިއެވެ. ވެނެޒުއެލާގައި ފާއިތުވި މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ނިކޮލާސް މަދޫރޯ ކާމިޔާބުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ “ސަރުކާރު” ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ބޭރު ގުޅުމުގެ ވަޒީރުން އެއްބަސްވެއްޖެކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މީގެ ކުރިން ވެނެޒުއެލާގެ ފޮރިން...

ރަޝިޔާގެ ރައީސް ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނަވަނީ
International

ރަޝިޔާގެ ރައީސް ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނަވަނީ

ރަޝިޔާގެ ރައީސް ވްޑިމީރު ޕުޓިން، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ މެންބަރު ޤައުމެއް ކަމުގައިވާ މޮންގޯލިއާއަށް ސެޕްޓެމްބަރު 3 ވަނަ ދުވަހު ޒިޔާރަތްކުރައްވާނެ ކަމަށް ކްރެމްލިންއިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. ޕުޓިންގެ މި ދަތުރުފުޅުގައި މޮންގޯލިއާގެ ރައީސް އުޚްނާގީން ޚުރެލްސުޚްއާ ބައްދަލުކުރައްވާނެ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށާއި، ބައެއް އެއްބަސްވުން...