ބަންގްލަދޭޝްގައި ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 3 ލައްކަ މީހުންގެ އާބާދީއެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ.

މި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށްވެސް އަސަރުކޮށް، މިހާތަނަށް 42 މީހުން މަރުވެފައިވާކަމަށް ވަނީ އިއުލާނުކޮށްފައެވެ.

Ad
rt

170 މިލިއަން އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ގިނަ ސަރަހައްދުތަކަކީ ތިރި ބިންތަކަކަށްވުމާއެކު، ކޮންމެ އަހަރަކުވެސް މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ގައުމެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ ގެއްލުންބޮޑު ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

މިފަހަރުގެ ފެންބޮޑުވުމުގެ ސަބަބުން ވެރިރަށް ޑާކާ އާއި ޕޯޓް ސިޓީ ޗިޓަގޮންގްއާ ދެމެދު އޮންނަ ހައިވޭތަކާއި ރޭލް މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވިޔަފާރީގެ ހަރަކާތްތަކަށް ބުރޫއަރާފައިވެއެވެ. އަދި މިޔަންމާގެ މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ކޮކްސް ބާޒާރު ޑިސްޓްރިކްޓަކީވެސް މިފަހަރުގެ ފެންބޮޑުވުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.