ޔުކްރެއިންގެ އެފް-16 ޖެޓެއް ރަޝިއާއިން ވައްޓާލައި، ޕައިލެޓް މަރާލައިފިއެވެ.

މި ޖެޓް ވައްޓާލިކަމާއި އަދި އޭގެ ޕައިލެޓް މަރުވެފައިވާކަން ޔުކްރެއިންގެ ސިފައިން ބުރާސްފަތި ދުވަހު އިއުލާން ކުރިކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ.

Ad
rt

މިއީ އެމެރިކާއިން އެހީގެ ގޮތުގައި ލިބުނު އެފް-16 ޖެޓްތައް މިމަހު ޔުކްރެއިނަށް ލިބުމަށްފަހު މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

ޔުކްރެއިންގެ ޖެނެރަލް ސްޓާފުން ފޭސްބުކުގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރަޝިއާގެ އަމާޒަކާ ދިމާއަށް ދަތުރުކުރަމުންދިޔަ ޖެޓް ވައްޓާލައި، ޕައިލެޓް މަރާލައިފައިވާ ކަމަށެވެ. އެފް-16 ޖެޓްތަކުން ވަރަށް މަތީ ފެންވަރެއްގައި މަސައްކަތްކޮށް، ރޫސީންގެ ހަތަރު ކްރޫޒް މިސައިލް ވައްޓާލާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޔުކްރެއިންގެ އަސްކަރިއްޔާ އާއި ހަވާލާދީ ރޮއިޓާސްއިން ބުނީ ، އެދުވަހު ރޫސީންގެ 200 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ޔޫކްރެއިންގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްފައިވާކަމަށެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލެއް ރޮއިޓަރޒްއަށް ބުނެފައިވަނީ ހޯމަ ދުވަހު ޖެޓް ވެއްޓުނީ ރޫސީންގެ ހަމަލާއަކުން ނޫންކަމަށް ފެންނަ ކަމަށާއި، ޕައިލެޓްގެ އޮޅުމެއް ނުވަތަ މެކޭނިކަލް މައްސަލައެއްގެ ސަބަބުން ވެއްޓުނު ކަމަށް ވެދާނެކަމަށް ބަލައި އެހާދިސާ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ޔުކްރެއިނަށް އެމެރިކާއިން ނާއި، ހުޅަނގުން މިހާރު ލިބިފައިވާ އެފް-16 ޖެޓްތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ގެއްލުމަކީ ބޮޑު ގެއްލުމެކެވެ. ޓައިމްސް އޮފް ލަންޑަންއިން ރިޕޯޓްކޮށްފައިވާގޮތުގައި ޔުކްރެއިނަށް މިހާތަނަށް އެހީގެ ގޮތުގައި ލިބިފައިވަނީ ހަ އެފް-16 ޖެޓެވެ.