އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ މޮބައިލް ބްރައުޒަރެއް ކަމަށްވާ އާކް ސާރޗް އިން އެންޑްރޮއިޑް އެޕެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހޮނިހިރު ދުވަހު ކަށަވަރުކޮށްފިއެވެ.
މި ބްރައުޒަރު ތަޢާރަފުކުރެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އޭގެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފީޗަރތަކުގެ ސަބަބުން މަޤްބޫލުކަން ލިބިފައިވެއެވެ. މީގެ ތެރޭގައި "ބްރައުޒް ފޯ މީ" ފަދަ ފީޗަރތައް ހިމެނެއެވެ. މި ފީޗާގައި އޭއައި އިން ގިނަ ވެބްސައިޓްތަކެއް ކިޔައި، ގުޅުންހުރި މަޢުލޫމާތު ދައްކައިދެއެވެ. މީގެ އިތުރުން އޭއައި ސަމަރައިޒޭޝަން ފަދަ ފީޗަރތައްވެސް ހިމެނެއެވެ.
އާކް ސާރޗްގެ އޮފިޝަލް ތްރެޑްސް އެކައުންޓުން އެންޑްރޮއިޑް އެޕެއް އަންނަން ކައިރިވެފައިވާކަމަށް ބުނެފައިވަނީ، އެންޑްރޮއިޑް ވާރޝަނެއް ތައްޔާރުކުރަމުންދޭތޯ އެހި ޔޫޒަރެއްގެ ޕޯސްޓަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. މިއީ އެންޑްރޮއިޑް އެޕެއް ތައްޔާރުކުރަމުންދާކަން އެ ކުންފުނިން ރަސްމީކޮށް ފުރަތަމަ ފަހަރަށް ކަށަވަރުކުރި ފަހަރެވެ.
އާކް ސާރޗް ތަޢާރަފުކުރެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އެޕް ސްޓޯރުގައެވެ. އޭގެ ފަހުން މެކް ޑިވައިސްތަކަށާއި ވިންޑޯސް އަށްވެސް ނެރެވުނެވެ. އެހެންނަމަވެސް މިހާތަނަށް އެންޑްރޮއިޑް ޑިވައިސްތަކަށް އެ ބްރައުޒަރ ލިބޭކަށް ނެތެވެ.
މި ބްރައުޒަރުގައި ހިމެނޭ ޚާއްޞަ ފީޗަރތަކުގެ ތެރޭގައި "ބްރައުޒް ފޯ މީ" މޯޑު ހިމެނެއެވެ. މި މޯޑުގައި ސާރޗް ކުއަރީއެއް ލިބުމުން، އޭއައި އިން ގުޅުންހުރި ވެބްސައިޓްތައް ބަލައި، ފަސޭހައިން ކިޔޭނެ ގޮތަކަށް މަޢުލޫމާތު ހޯދައިދެއެވެ. މީގެ އިތުރުން އޭއައި ސަމަރައިޒޭޝަން، އޮޓޯ-އާކައިވިންގ، އެޑް ބްލޮކިންގ، ޕްރައިވެޓް ބްރައުޒިންގ މޯޑު، ސެކިއުރ ޓެބްސް، އަދި ރީޑިންގ މޯޑު ފަދަ ފީޗަރތައްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!