Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

މައިކްރޯސޮފްޓުން ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް
International

މައިކްރޯސޮފްޓުން ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް

ކްރައުޑްސްޓްރައިކް އިން ދިމާވި އައި.ޓީ މައްސަލައަކާ ގުޅިގެން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރ މަހު ސައިބަރ ސެކިއުރިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ސައިބަރ ސެކިއުރިޓީ ނިޒާމުތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވޭނެއެވެ. ޖުލައި 19 ގައި ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މައްސަލައެއްގެ ސަބަބުން 8.5 މިލިއަން ވިންޑޯސް ޑިވައިސްތަކަށް އަސަރުކޮށް، އެއަރލައިންތަކާއި ބޭންކުތަކާއި ހެލްތްކެއަރ ދާއިރާއަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. މި ބައްދަލު...

އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމަން ގޮވާލައިފި
International

އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމަން ގޮވާލައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް ފަރާތްތައް ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. ޚާން ވިދާޅުވީ މި މައްސަލަ ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. މި ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހެޅުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި، އޭގެ ފަހުން އިޒްރޭލުން ޣައްޒ...

ޖަރުމަނުގެ ސޮލިންގެންގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލި މީހަކު ހައްޔަރުކޮށްފި
International

ޖަރުމަނުގެ ސޮލިންގެންގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލި މީހަކު ހައްޔަރުކޮށްފި

ޖަރުމަނުގެ ސޯލިންގެން ސިޓީގައި ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ 3 މީހުން މަރާލި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަމަލާގައި އިތުރު 8 މީހުން ވަނީ ޒަޚަމްވެފައެވެ. ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ އިންޓީރިއަރ މިނިސްޓަރ ހަރބަރޓް ރޫލް ވިދާޅުވީ ހަމަލާދިން މީހާވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި މީހާ ވަނީ އަމިއްލައަށް އަމާންދީފައެވެ. މި ހަމަލާއަށް އިސްލާމިކް ސްޓޭޓް ޖަމާޢަތުން ވަނީ ޒިންމާ ނަގާފައެވެ. އެ ޖަމާޢަތުގެ […]

ގޫގުލް ކީޕްގައި އޭއައި ބޭނުންކޮށްގެން ލިސްޓު އުފައްދާ އައު ފީޗާއެއް ތަޢާރަފުކޮށްފި
Raajje

ގޫގުލް ކީޕްގައި އޭއައި ބޭނުންކޮށްގެން ލިސްޓު އުފައްދާ އައު ފީޗާއެއް ތަޢާރަފުކޮށްފި

ގޫގުލް ކީޕްގެ އެންޑްރޮއިޑް ވާޝަނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިސްޓު އުފެއްދޭ އައު ފީޗަރެއް ތަޢާރަފުކޮށްފިއެވެ. “ހެލްޕް މީ ކްރިއޭޓް އަ ލިސްޓް” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ފީޗަރގެ ޒަރީޢާއިން، ބޭނުންވާ ބާވަތުގެ ލިސްޓެއް އުފެއްދުމަށް އޭއައި ބޭނުންކުރެވޭނެއެވެ. މިސާލަކަށް، ކޭމްޕިންގ ޓްރިޕަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ނުވަތަ ގްރޯސަރީ ޝޮޕިންގ ލިސްޓެއް އުފެއްދިދާނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި، މި އޭއައި ފީޗަރ ރަންކުރަނީ ގޫގުލްގެ ޖެމިނައި ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެ...

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާ އިން ފެނިއްޖެ
International

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާ އިން ފެނިއްޖެ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑް ބޮޓްސްވާނާއިން ފެނިއްޖެއެވެ. މި ޑައިމަންޑް ނުވަތަ ޖަވާހިރު ހޯދާފައިވަނީ އެފްރިކާގެ މެދުތެރެއަށް ނިސްބަތްވާ ކުޑަ ގައުމެއް ކަމަށްވާ ބޮޓްސްވާނާގެ ކެރޯ މައިންގައި ހަރަކާތްތެރިވާ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ލުކާރާ ޑައިމަންޑުންނެވެ. މި ޑައިމަންޑަކީ 2،492 ކެރެޓްގެ ބޮޑު ޑައިމަންޑެކެވެ. މިއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓްގެ ކަލިނަން ޑައިމަންޑަށް ފަހު ދުނިޔެއިން ފެނުނު އެންމެ ބޮޑު ޑައިމަންޑެވެ. ކަލިނަން ޑައިމަންޑަކީ 9 ބަޔަކަށް ބަހާލެވ...

ބަންގްލަދޭޝްގައި ފެންބޮޑުވެ 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފި
International

ބަންގްލަދޭޝްގައި ފެންބޮޑުވެ 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފި

ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 12 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފިއެވެ. އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީގެ ސެކްރެޓަރީ ކަމްރުލް ހަސަން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 13 މީހުން މަރުވެ، ގާތްގަނޑަކަށް 800,000 މީހުން ގެދޮރު ގެއްލިފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ޑިސްޓްރިކްޓްތަކުގެ ތެރޭގައި ކުމިލާ، ނޮއާޚާލީ، ބްރަހްމަންބަރިއާ، ޗިޓަގޮންގް، ކޮކްސް ބާޒާރު،...

ލުބުނާންގައި ތިބި ޗައިނާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފި
International

ލުބުނާންގައި ތިބި ޗައިނާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފި

ލުބުނާންގައި ތިބި ޗައިނާގެ ރައްޔިތުން އެގައުމު ދޫކޮށް ދިއުމަށް ޗައިނާ ސަރުކާރުން އަންގައިފިއެވެ. ބެއިރޫތުގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި އެ ގައުމުގެ ރައްޔިތުންނަށް “ވީހާވެސް އަވަހަކަށް” ލުބުނާނުން ފުރައިގެން ދިއުމަށް އިރުޝާދު ދީފައިވެއެވެ. މި ބަޔާން ނެރުނީ ބުދަ ދުވަހު އިޒްރޭލުން ހަމަލާދީ ލުބުނާންގައި ހުރި ފަލަސްތީނުގެ އިސް ހަނގުރާމަވެރިއެއް މަރާލުމާ ގުޅިގެންނެވެ. އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ލުބުނާން-އިޒްރޭލު ސަރަހައްދީ އިމުގައި ހިނގާ ހަމަނުޖެހުން ދަނީ ހ...

ޕާކިސްތާނުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި 2 ކުދިން މަރާލައިފި
International

ޕާކިސްތާނުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި 2 ކުދިން މަރާލައިފި

ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ އައްޓޯކް ޑިސްޓްރިކްޓުގައި ސްކޫލް ވޭނަކަށް ބަޑި ޖަހައި، މަދުވެގެން 2 ކުދިން މަރާލައި، އިތުރު 5 ކުދިން ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އައްޓޯކްގެ ދެރީ ކޯޓް ސަރަޙައްދުގައެވެ. އައްޓޯކް އަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ހުޅަނގު އުތުރުގައި އޮންނަ އަދި އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދު ކައިރީގައި އޮންނަ ޑިސްޓްރިކްޓެކެވެ. ފުލުހުން ބުނާ ގޮތުގައި ނޭނގޭ ބަޔަކު ސްކޫލް ވޭނަށް ބަޑި ޖަހައި، 10 އަހަރާއި 12 […]

ނޭޕާލުގައި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފި
International

ނޭޕާލުގައި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފި

ނޭޕާލުން ޓިކްޓޮކް މަނާކޮށްފައި އޮންނަތާ 9 މަސްފަހުން ހުއްދަކޮށްފިއެވެ. ނޭޕާލުގެ ސަރުކާރުން ބުރާސްފަތި ދުވަހު ޓިކްޓޮކް ބޭނުންކުރުން ހުއްދަކޮށްފައިވާއިރު، މި ނިންމުން ނިންމީ ކެބިނެޓް ބައްދަލުވުމެއްގައެވެ. އެއީ ޓިކްޓޮކާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ނޭޕާލުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމަށާއި، އެޕްގެ ކޮންޓެންޓް ރެގިއުލޭޓްކުރުމަށް ޓިކްޓޮކުން އެއްބަސްވުމަށްފަހުއެވެ. ބީޖިންގްގައި ހުންނަ ޓިކްޓޮކްގެ ޕޭރެންޓް ކުންފުނި ބައިޓްޑާންސްއިން ބުނެފައިވަނީ މި ނިންމުމާމެދު އެ ކުންފުނިން އުފާކުރ...

ކްރޯމް ބްރައުޒަރުން ޑޭޓާ އެއްކުރުމާ ގުޅޭ މައްސަލައިގައި ގޫގުލްގެ މައްޗަށް ދަޢުވާކޮށްފި
International

ކްރޯމް ބްރައުޒަރުން ޑޭޓާ އެއްކުރުމާ ގުޅޭ މައްސަލައިގައި ގޫގުލްގެ މައްޗަށް ދަޢުވާކޮށްފި

ކްރޯމް ބްރައުޒަރު މެދުވެރިކޮށް ޔޫޒަރުންގެ އަމިއްލަ ޒާތީ މަޢުލޫމާތު އެފަރާތްތަކުގެ ހުއްދައަކާ ނުލައި އެއްކުރަމުންދާކަމުގެ ތުހުމަތުތަކާ ގުޅިގެން ގޫގުލުން ކޯޓުގައި ޖަވާބުދާރީވާން ޖެހިއްޖެއެވެ. މިކަން މިހެން ދިމާވީ އެމެރިކާގެ ފެޑެރަލް އެޕީލްސް ކޯޓުން އައު ރޫލިންގއެއް ނެރުމާ ގުޅިގެންނެވެ. ގޫގުލްގެ މައްޗަށް ހުށަހެޅުނު މި މައްސަލައިގައި ކުރިން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އަލުން ބަލަން ޖެހޭނެކަމަށް ފެޑެރަލް އެޕީލްސް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ބު...

ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ
International

ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކަޝްމީރުގެ ޖަމްޢިއްޔަތުލް ޢުލަމާގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ. ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ މައުލާނާ ޣުލާމް ރަސޫލް ހާމީ، ކަޝްމީރުގެ އެސެމްބްލީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިކަން ކަޝްމީރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކަޝްމީރުގެ މަޝްހޫރު ނޫހެއްކަމުގައިވާ “ދަ ކަޝްމީރިއަތް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަހަރުގެ މައުލާނާ ޣުލާމް ރަސޫލް ހާމީއަކީ ސްރީނަގަރުގެ ނަމޫ...

ޕުޓިން ކީރިތި ޤުރުއާނަށް ބޮސްދެއްވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް
International

ޕުޓިން ކީރިތި ޤުރުއާނަށް ބޮސްދެއްވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް

ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން އަށް ހަދިޔާއެއްގެ ގޮތުގައި އެރުވުނު ކީރިތި ޤުރުއާނުގެ ކޮޕީއަކަށް ބުދަ ދުވަހު ބޮސްދެއްވައިފިއެވެ. އަދި އެ ޤުރުއާނަށް ކަމޭހިްތެވުމުގެ ގޮތުން އޭނާވަނީ މޭފުޅުގައި މުސްޙަފް ޖައްސަވާ ހިފަހައްޓަވާލައްވާފައެވެ. މިއީ ރައީސް ޕުޓިން 13 އަހަރު ފަހުން މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ޗެޗްނިޔާ ސަރަޙައްދަށް ކުރެއްވި ޒިޔާރަތެއް ކުރެއްވި ކަމެކެވެ. ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޗެޗްނިޔާގެ އިސްވެރިޔާ ރަމްޒާން ކަދީރޮވް ވަނީ ރައީސް ޕުޓިން އަށް ވަރަށް ހޫނު މަރުޙަ...

ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އީޖާދެއްކޮށްފި
International

ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އީޖާދެއްކޮށްފި

ހަނގުރާމައިގެ ތެރޭގައި ވެސް ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އިޖާދެއް ކޮށްފިއެވެ. ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާގައި ކޮންމެ ފެން ފޮދެއް ވެސް އެއީ ވަރަށް މުހިންމު އެއްޗެކަށްވާއިރު، ޢުމުރުން 50 އަހަރުގެ ދަނޑުވެރިކަމުގެ އިންޖިނިއަރެއް ކަމަށްވާ އިނާސް އަލްޣުލް ވަނީ އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރެވޭ ގޮތެއް ހޯދައިފައެވެ. ޣައްޒާއަށް ވަންނަ މަދު އެހީގެ ތެރެއިން ލިބޭ ލަކުޑި ބޭނުންކޮށްގެންނާއި ހަނގުރާމައިގެ ސަބަބުން ހުސްވެފައިވާ ގޭގެއިން ލިބޭ ބިއްލޫރ...

އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް ނަމާދަށް ނުދާނަމަ މުސާރައިން ކަނޑަނީ
International

އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް ނަމާދަށް ނުދާނަމަ މުސާރައިން ކަނޑަނީ

އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް މިސްކިތަށް ނަމާދަށް ނުދާނަމަ އަދަބު ދޭން އެގައުމުގައި ވެރިކަންކުރާ ޠާލިބާނުންގެ ސަރުކާރުން ފާސްކޮށްފިއެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ނެރެފައިވާ މި އަމުރުގައި ބުނާގޮތުން، ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ފަހަރު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުން ލާޒިމުވާނެއެވެ. މި އަމުރަކީ އެ ޤައުމުގެ އެންމެ މަތީ ލީޑަރުގެ އިރުޝާދުގެ ދަށުން ނެރެފައިވާ އަމުރެކެވެ. ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު، އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމަށް...

ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި
International

ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަންގާރަ ދުވަހުދިން މި ހަމަލާތަކަކީ އިރުމަތީ ލުބުނާނަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ޙިޒްބުﷲ އިން ހާމަކޮށްފައިވެއެވެ. ޙިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށެވެ....