ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ނަރުހަކު ކުރި ދަތުރު!
ރަށު މަދަރުސާގައި ގްރޭޑް 10 ކިޔަވަމުންދިޔައިރުގައިވެސް ޝާއިނާގެ ( އަސްލުނަމެއްނޫން ) ހުވަފެނަކީ ނަރުހަކަށްވުމެވެ. ނަމަވެސް އޭރު ރަށުގައި ކިޔަވައިދެނީ ހަމައެކަނި ކޮމާސް ސްޓްރީމަށްވާތީ، އެހާ ފަސޭހައިން ނަރސިންގ ދާއިރާއަށް ނުވަދެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ޢަޒުމެއް އޭރުވެސް ބަދަލެއް ނުވެއެވެ. ކުރީއްސުރެ ހިތުގައި ބިންވަޅު ނެގިފައި އޮތް ޖުމްލަ ” ބޮޑުވެގެން ވާން ބޭނުންވަނީ ނަރުހަކަށް ” އޭރުވެސް އޮތީ ރަންކުލައިން ވިދާލަވިދާލައެވެ. އެހެންކަމުން ގްރޭޑް 10 ނިންމާލުމަށްފަހު ފައުންޑޭޝަން އި...