ދުނިޔެއަށް ޖެހެމުންދާ މަޑުމަޑު ވައިގެތެރޭގައި އެހާމެ މަތީގައި އޮތް ގުޑި އާއި ދިމާއަށް ބަލަން އަހަރެންނަށް ހުރެވުނެވެ. ރީތި ކުލަތަކެއް އެކުލެވިގެންވާ އެ ގުޑި މަޑުމަޑުން އެކި ދިމަދިމާއަށް ދަތުރުކުރަން ފެށުމުން އަހަރެން ގާތަށް ހިނިވެސް އައެވެ. ދެން ފެނުނީ އެގޮތް މިގޮތަށް ގޮސް ވެއްޓުނު މަންޒަރެވެ. އެއާއި އެކު އަހަރެންނަށް ބާރަށް ހީގަނެވުނެވެ.

" ސަޅިކޮށް ގޮއްސަވެސް މީތި ވެއްޓުނީއޭ.. "

Ad
rt

އެ ގުޑި ހިފައިގެން ދުރުން ދުވެފައި އައިސް ޝަހީމް ވާހަކަ ދެއްކިއެވެ. އަހަރެން އިނީ ބަނދަރުގައި ހުރި ޖޯއްޔެއްގައެވެ.

" ދެން ތި ހަދާނެ ކަމެއް ނެތް،.. ނޭރުވޭނެ . ހިނގާ ގެއަށްދާން.. މީނަ ގްރޭޑް ދިހައެއްގައެއް ނޫން، ވަޒީފާއަކަށް ދިޔަޔަސް ގުޑި އެރުވުމެއް ނުހުއްޓޭނެ.."

ޝަހީމްއާ ދިމާކޮއްލުމުގެ ގޮތުން އަހަރެން އެހެން ބުނެލުމުން އޭނަ ހޭންފެށިއެވެ. އަދި ގުޑި ހިފައިގެން ގެއަށްދާން ހިނގައިގަތެވެ.

" ހިނގާ ދާން.. މާދަމާ ސްކޫލަށްވެސް ދާން ޖެހޭނެ އެއްނު.."

ޝަހީމް ހިނގައިގަތުމުން އަހަރެންވެސް ޖޯލިން ތެދުވީމެވެ.

******

ޖެހިގެން އައި ދުވަހެވެ. އަހަރެންނަށް ކްލާހަށް ދެވުނު އިރު ހުރީ ގަޑިވެސް ޖެހިފައެވެ. އެސެމްބްލީގައިވެސް މިއަދު ބައިވެރި ނުވެވުނެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ނިދީގެ އަސަރު ފިލައިގެން ނުދެއެވެ. އެހެނަސް ދިޔަގޮތަށް ގޮސް، އަހަރެންގެ ޖާގައިގައި އިށީނީމެވެ. އަދި އަތުގައި ހުރި ފޮތްތައް މޭޒުގެ ކަބަޑުތެރެއަށް އަޅާލުމަށްފަހު ހަމަޖެހިލީމެވެ.

" ޢައްސަލާމް ޢަލައިކުމް..."

އިސްޖަހައިގެން އިނދެ ގަލަމުން އަތުގައި ކުރަހާލަ ކުރަހާލަ އިންދާ، ނުދަންނަ އަޑެއް ކަންފަތުގައި ޖެހުމާއި އެކު ސިހިފައި ބަލާލީމެވެ.

" ދަސްކުރާ މުދައްރިސުން މިއަދު މިރަށަށް ދުރުވީ.. އަހަރެމެން ކްލާހަށް ލައްވާލި ޓީޗަރއަކީ މިއީ ކަންނޭނގެ.. "

އަހަރެންގެ އުޅަނބޮށީގައި ކޮއްޓާލަމުން ޝަހީމް ބުނެލިއެވެ. އޭރުވެސް އަހަރެންނަށް އިނދެވުނީ އެ މިސް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ފެހިކުލައިގެ ދޫ ހެދުމަކާއި ކަޅު ކުލައިގެ ދޯޕައްޓާއެއްގައި އޭނާ ހުންނައިރު ވަރަށް ހިތްގައިމެވެ. ފަން އިސްތަށިގަނޑެއް ނަމަވެސް ، ކޮނޑާއި ހަމައިން ކޮށާލާފައި ހުރުމުން އެ މޫނުގެ ފުރިހަމަކަން އިތުރުވެގެން ދެއެވެ. ބޮޑު ދެލޮލެވެ. ހީލާ ކޮންމެ ފަހަރަކު ކޮލުގައި އަޑިކޮޅެއް އިންނަކަން ފާހަގަ ކުރެވުނެވެ. ހިމަތޮޅި ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލި ނަމަވެސް އެންމެ ދޮނެއްވެސް ނޫނެވެ. އެހެނަސް ވަރަށް ރީއްޗެވެ. އިސްކޮޅުން ދިގެވެ. އެހެނަސް އަހަންނަށްވުރެން ތަންކޮޅެއް ކުރެވެ.ކަޅުކުލައިގެ ތުނި ތުނި ދޯޕައްޓާއިން އޭނާގެ ކަރުން ފެށިގެން ބޮޑު ބައެއްވަނީ ނިވާކޮއްފައެވެ. އަހަރެން ވަގުތުން އޭނާގެ ހުރިހާ ސިފަތަކެއް ،ހިތަށް ނަކަލު ކޮއްލީމެވެ. ކީއްވެގެން ހެއްޔެވެ؟ ގައިމުވެސް މިއީ ލޯތްބެއް ނޫނެވެ. އަހަންނަށް ބޮޑު މީހެއްދެކެ ދުވަހަކުވެސް ލޯބިވާނަމޭ ހިތަކު ނެތެވެ. އެކަމަކު ޢުމުރުން ދޮށީ މީހެއްވެސް ރީތި ވެދާނެ ނޫންހެއްޔެވެ؟

" އުޒޭން.."

އަހަރެންގެ ނަމުން ގޮވީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ތަންކޮޅެއް ބާރަށް ގޮވާލުމާއި އެކު އަހަރެން ސިހިގެން ދިޔައެވެ.

" ލައްބަ... ލައްބަ މިސް.."

އަހަންނަށް ކޮޅަށްވެސް ތެދުވެވުނެވެ. އެއާއި އެކު ކުދިންތައް ބާރުބާރަށް ހޭންފެށިއެވެ. އަހަރެން ލަދުގަންނަ ގޮތްވީ ނަމަވެސް އެކަމެއް ނުދައްކަމެވެ.

" ހުރިހާ ކުދިންގެ ނަންތައް ދަސްކޮއްލަން ރެޖިސްޓަރ ބަލާލަނީ މި.."

އޭނާ ހެވިލާފައި ބުނެލިއެވެ. އަހަރެން އަވަހަށް އިށީނީމެވެ.

" އައިމް ޝިފާ... އައިޝަތު ޝިފާ.. "

އަހަންނަށް އެނަން ތަކުރާރު ކޮއްލެވުނެވެ. ރީތި މީހުންނަށް ކިޔާނީވެސް ރީތި ނަމޭ ހިތަށް އެރިއެވެ.އެދުވަހު ސްކޫލް އިން ގެއަށް އައީ އަންނަހިތަކުންވެސް ނޫނެވެ.

****

ގްރޭޑް ދިހައެއްގެ އަހަރު ކަމުން ވަރަށް ގިނައިން ސްކޫލަށް ދާން ޖެހެއެވެ. އިތުރުގަޑިތަކަށާއި ޓެސްޓްތަކަށެވެ. އޯލެވެލްއަށް ތައްޔާރުވުމުގެ ގޮތުން ކިޔެވުމާއިގެން އުޅެންޖެހެނީ ވަރަށް އަވަދިނެތިއެވެ. ރޭގަނޑުގެ ވަގުތުތަކުގައި އަހަރެމެން ސްކޫލަށް އަންނަނީ ގްރޫޕް ހަދާފައެވެ. ދަނީވެސް އެހެންނެވެ.

ކްލާހުގައި އިންނައިރުގައިވެސް އެ މިސް ފެނޭތޯ އަހަންނަށް ބެލެއެވެ. ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވީ ކުޑަދޮރު ކައިރިން އޭނާ ހުރަސްކޮއްލުމުންނެވެ. އެދިމާއަށް ކަޅި އެއްލައިގެން އިންދާ އޭނާ ގޮސް ސްޓާފް ރޫމަށް ވަތްތަން ފެނުނެވެ.އެހިސާބުން އަހަރެންގެ ވިސްނުމާއި ޚިޔާލުތައްވެސް އެދިމާއަށް ދަތުރުކޮށްފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ނުކުމެގެން ދާތަން ފެނުމާއި އެކު އަހަންނަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.

" އުޒޭން؟ ކިހިނެތްވީ ؟ "

ސަރގެ އަޑު އިވުމާއި އެކު އަހަންނަށް ތެޅިގަނެވުނެވެ. އަހަރެން ހުރީ ވަރަށް ބޮޑަށް ބޭރަށް ދާން ބޭނުން ވެފައިކަމުން ދޮގެއް ހަދާލީމެވެ.

" ބަނޑުގައި ރިއްސާތީ ނީނދެވިގެން.. ގެއަށް ދާން ބޭނުންވަނީ.."

ސަރ ވަގުތުން ގެއަށް ދިޔުމުގެ ހުއްދަ ދިނެވެ. ދަބަސްގަނޑު ހިފައިގެން ނިކުމެ، ފަރާތް ފަރާތް ހޯދާލެވުނީ ޝިފާމިސް ފެނޭތޯއެވެ.އެއާއެކު ފެނުނީ އަނެއްކާވެސް މިސް ގޮސް ސްޓާފްރޫމަށް ވަތްތަނެވެ. ވީ ފޫހިން އަނބުރާ ކްލާހަށް ވަދެފާނަމޭވެސް ހިތަށް އެރިއެވެ. އެހެނަސް އަހަންނަށް ދެން ޖެހުނީ ގެއަށް ދާށެވެ.

******

އޭގެ ފަހުން އަހަރެން ސްކޫލަށްދަނީ ވަރަށް ދާހިތުންނެވެ. ކޮންމެ ދުވަހަކުވެސް ޝިފާމިސް ދެކޭ ހިތްވެއެވެ. އޭނާގެ ޚަރަކާތްތަކަށް ބަލާ ހިތްވެއެވެ.އެއީ ކީއްވެގެން ވާގޮތެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް އޭނާ ރީތިވެއްޖެކަމެވެ. ގަޔާވެއްޖެކަމެވެ.

" އުޒޭން.."

ފަހަތުން ބާރު ބާރަށް އައިސް އަރާ ހަމަކުރީ ލީނާއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ލީނާ ގާތު ރައްޓެހިވާން އަހާފައިވާނެކަންވެސް އަހަރެން ހަނދާންވީ ދެނެވެ. އެއީ ގްރޭޑް ނުވައެއްގައި އުޅޭ އެންމެ ރީތި އަންހެންކުއްޖާވެސްމެއެވެ.

" އުމް.. ލީނާ؟ "

އަހަންނަށް ހިނިތުންވެލެވުނެވެ. އޭނާ ބަލާލީ ސްކޫލްގެ ގޭޓާއި ދިމާއަށެވެ. އޭރު ކުދިންތައް ނުކުމެގެން ގޮސް ވަރަށް ބޮޑަށް މަދުވެއްޖެއެވެ.އޭނާ އަހަރެންގެ އަތުގެ ތެރެއަށް ކުޑަ ކަރުދާސްކޮޅެއް ލުމަށްފަހު ބާރު ބާރަށް ކުރިއަށް ހިނގައިގަތެވެ. އެ ކަރުދާސްކޮޅު ނުބެލިނަމަވެސް އޭނާ ދިނީ ކޮންޖަވާބެއްކަން އަހަންނަށް އެނގުނެވެ.

" އަހަންނަށް އިންތިޒާރު ކޮއްދެވިދާނެތަ؟ އަހަރެން ކިޔަވާ ނިމުނީމަ ރައްޓެހިވާނަން.. އަހަންނަށްވެސް އުޒޭން ވަރަށް ކަމުދޭ.."

އަހަންނަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ. އަދި ދުރުން ދާ ލީނާ އާއި ދިމާއަށް ބަލަން ހުރެވުނެވެ.

" ސޮރީ ލީނާ.. އަދިވެސް ވީ އިންތިޒާރު ކުރަން؟ވަގުތުން ޔެސް ޖެހި ނަމަ..."

އަތުތެރޭގައި އޮތް ކަރުދާސްކޮޅު ވީދާލުމަށްފަހު ހުރިތަނަށް އަޅާލީ އިތުރަށް ލީނާއަށް އިންތިޒާރުކުރާހިތް ނުވާތީއެވެ.

***

މިހާރަކަށް އައިސް ކްލާހުގައި އަހަރެން ކުރާހިތްވަނީ ހަމަ އެންމެ ކަމެކެވެ.ޝިފާމިސްގެ ޚަރަކާތްތަކަށް ސިއްރުސިއްރުން ބެލުމެވެ. އެކި ކުދިން ވަކިވަކިން އެއްޗެހި އޮޅުން ފިލުވަން ފެށުމުން އަހަރެންވެސް އަތްމައްޗަށް ނެގީމެވެ. އަދި ފޮތުގައި އިނގިލި ޖައްސަމުން އެފިލާވަޅު ހަދާގޮތް ނޭނގޭ ކަމުގައި ބުނީމެވެ. މިސް ކުޑަކޮށް ގުދުވެލިއެވެ. އެވަގުތު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނުބަލަން އުޅުނަސް ބެލެނީއެވެ. ސިއްރުންނެވެ. މިސްގެ ދޯޕައްޓާ ކެހިގެން ގޮސް މޭމަތިން ބޮޑުބައެއް ހާމަވެފައި އޮތުމުން އަހަންނަށް ފޮތަށް ބެލޭގޮތެއް ނުވިއެވެ. އޭނާގެ ގައިން ދުވާ މީރުވަހުން އެތެރެއަށް ނޭވާ ދެމެން ފެށީ އަވަސް އަވަހަށެވެ.

" އެނގިއްޖެދޯ ؟ "

ވަރަށް އަވަސް އަވަހަށް އޭނާ ސުވާލު ކޮއްލުމުން އަހަރެން ބޯޖަހާލީމެވެ. އޭރު އަހަރެންގެ އަތްފައިވަނީ ފިނިވެފައެވެ. ހަށިގަނޑުގައިވެސް ކޮންމެވެސް ކަހަލަ ތުރުތުރުއެޅުމެއް ވާކަހަލައެވެ. ލޯމަތިން އިރު އިރުކޮޅުން ސިފަވަނީ ދެންމެ އެފެނުނު މަންޒަރެވެ. ގެއަށް އައި އިރުގައިވެސް އަހަންނަށް ހުރެވުނީ އާދަޔާ ޚިލާފް ގޮތެއްވެފައެވެ.

ޖެހިގެން އޮތް ދުވަހަކީ ހުކުރު ދުވަސްކަމުން އަހަންނަށް ޝިފާމިސް ނުފެންނާނެކަން އެނގުނެވެ. އެކަމާ އަހަންނަށް ކަންބޮޑުވެވުނެވެ. އެހެންކަމުން ޝިފާމިސް ދިރިއުޅެނީ ކޮންތާކުތޯ ބެލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެހެންކުދިންގެ ފަރާތުން އެނގުނީ މިސް އުޅެނީ އަލަށް އާބާދުވާ ސަރަހައްދުގައި ހުންނަ ކޮޓަރިއެއްގައިކަމެވެ. މިސްއާއެކު އިތުރު މިސްއެއްވެސް އެތަނުގައި އުޅޭކަން އެނގުމުން އަހަރެން ވަރަށް ފޫހިވިއެވެ.

****

އެދުވަހު އިރުއޮއްސުމާއި އެކު ގުގުރާ ވިދަންފެށިއެވެ. ގަދަވަޔާއި އެކު ވިއްސާރަވެސް ހިސާބަކަށް ވެހެން ފަށައިފިއެވެ.

" ދަރިފުޅާ ކުޑަހިފައިގެން ދައްޗޭ..."

މަންމަ އެހެން ގޮވާލުމުން އަހަރެން ނުކުމެ، އުޑުމަތި ބަލާލީމެވެ. ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުކަން ފާހަގަ ކުރެވުނު ނަމަވެސް ގެއިން ނިކުތީ ކުޑަހިފައިގެންނެވެ.

އެކްސްޓްރާ ކްލާސް ނިމުމާއި ގާތްވެފައި ވަނިކޮށް އަނެއްކާވެސް ވިއްސާރަ އޮއްސައިގަތެވެ. މިރޭ ޝިފާ މިސް ނުފެނުމުން އަހަރެން މާޔޫސްވިއެވެ.މިހާރު ސްކޫލަށްވެސް މިއަންނަނީ ހަމައެކަނި އޭނާ ދެކޭހިތުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަހަރެންގެ ހިތުގެ ޙާލަތު އެއްވެސް މީހަކާ ހިއްސާނުކޮށް ހިތުގައި ސިއްރުކުރަމުންދިޔައީމެވެ. ކްލާސް ނިމުމާއި އެކު ކުޑައަޅައިގެން ކުދިންތައް ނިކުންނަން ފެށިއެވެ. އަހަރެން ނިކުތީ ޝަހީމާއެކުއެވެ.

ޝަހީމްގެ ގޭގެ ދޮރުމައްޗަށް އެރުމާއެކު އޭނާ އެތެރެއަށް ދެމިގަތެވެ. ދެން އަހަރެން މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. ފެންގަނޑުގަނޑުގެ އަރިމަތިން އަހަރެން ހިނގާފައި ދިޔައީ ތަންކޮޅެއް ބާރަށެވެ. އޭރުވެސް ވަރަށް ބާރަށް ވައިޖެހެއެވެ. ކުޑަވެސް އަތުގައި ހަރުލަނީ އަހަރެން ދެއަތުން ބާރަށްހިފަހައްޓައިގެން ހުންނާތީއެވެ.ޖެހިގެން އޮތް ގޯޅިއަށް އެޅި އިރު ގެއެއްގެ އަސްކަނިދަށުގައި ހުރި ޝިފާމިސް ފެނުނެވެ. އަހަންނަށް ވަގުތުން ހުއްޓެވުނެވެ. ބަލާބެލުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ހީކަރުވައިގަނެފައެވެ. ދެއަތް ދެއަތާލައި ދެއަތް ހޫނުކުރަމުން އިރު އިރުކޮޅުން އެރީތި ކޯތާފަތުގައި އަތް ޖައްސަމުންދެއެވެ. އަހަރެން ވިސްނާލީމެވެ. އެތަނަށް ދާންވީބާވައެވެ؟ ނޫނީ ވާހަކަ ދައްކަންވީބާވައެވެ؟ އަތުކުރީގައި އޮތް ކަޅުކުލައިގެ ގަޑީގެ އަރިމަތީގައި އިން ފިތަށް އޮބާލުމަށްފަހު ގަޑި ދިއްލާލީމެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. އިތުރަށް މަޑުކުރުމެއްނެތި އަހަރެން ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނީމެވެ.

" އޯހް.. އުޒޭން؟ އަދި ގެއަށް ނުގޮސްތަ ތިއުޅެނީ ؟ "

އަހަރެން ފެނުމާއި އެކު ، އަހަންނަށްވުރެން ކުރިން އޭނާ ވާހަކަ ދެއްކިއެވެ. އަހަރެން ހީލަމުން އަސްކަނި ދަށަށް ވަނީމެވެ.

" ނިމިގެން މިދަނީ ގެއަށް.. މިސް ކީއްވެ މިތާ؟ "

އެހާ ކުޑަކުޑަ އެއްޗެއް އަހާލަންވެސް އަހަރެންނަށްވީ ބޮޑުކަމަކަށެވެ.އޭނާ އާއި ވާހަކަ ދައްކަންވެސް އަހަރެންނަށް އުނދަގުވިއެވެ.

" ކްލާސްނިންމާފަ ވަނީ އެމަގުގަ ހުރި ފިހާރައަކަށް! މިހިސާބަށް އައިތަނުން ވާރެޔާ ޖެހުނީ! އެހެންވެ ތުނިކޮށްލަންދެން މިހުރީ!"

ވަރަށް މަޑުމަޑުން އޭނާ ދެއްކި ވާހަކަތައް އަޑުއަހަން އަހަންނަށް ހުރެވުނީ ވަރަށް ޝައުޤުވެރިކަމާއި އެކުއެވެ.

" ވިއްސާރަވީމަ މަގުމަތީގެ ގިނަ ލައިޓްތައްވެސް ހުރީ ނިވިފައި.. އެހާ ދުރަށް މިސްއަށް ދާންކެރޭނެތަ؟ "

އަހަންނާއި ދިމާއަށް އޭނާ ބަލާލަމުން ބޯހޫރާލިއެވެ.

" ވަރަށް ބިރުގަނޭ! އެކަމަކުވެސް ދާންތާ ޖެހޭނީ! މަރީވެސް ނުނަގާ ފޯނެއް! ހީވަނީ ނިދިފަހެން އޮންނާނީ"

އެވާހަކަތަކުން ހިތަށް އުފަލެއް ލިބުނެވެ. މިއީ ލިބުނު ރަނގަޅު ފުރުޞަތެކޭ ހިތަށް އެރިއެވެ. ކެރިގެން ކުރިމަތިލާން ބޭނުންވިއެވެ. އެހެނަސް ބުނަން ބޭނުންވެގެން އުޅޭ ޖުމްލަ ބޭރުކުރަން އިންތިހާއަށް އުނދަގޫވަމުންދިޔައެވެ. އެންމެ ފަހުން ހިންދިރުވާލުމަށްފަހު އަހަރެން ބުނެލީމެވެ.

" ހިއެއްނުވެ ވިއްސާރަވެސް ހުއްޓަފާނެހެނެއް... އަޅުގަނޑާއި އެކު ދާންވީނު ..."

އޭނާގެ ޖަވާބުގެ އިންތިޒާރުގައި ހުރި އިރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުންދެއެވެ. ބޭރަށް އަތްދިމާކޮއްލަމުން އަސްކަނިން ފައިބަމުންދާ ފެންތަކުން އަތްގޮށްޓަށް ފެން އަޅަން ހުރެ އޭނާ ހީލިއެވެ.

" އާނ.. މިވިއްސާރަ ތުނި ކުރާނެހެން ހިއެއް ނުވެ.. އުޒޭން އާއި އެކު ދާންވީ ކަންނޭނގެ..."

އެހާ ރީތި މީހަކާއި އެކު އެއްކުޑަދަށުގައި ދާން އަހަންނަކީވެސް ހުތުރު މީހެއް ނޫނެވެ. އަހަރެން އަބަދުވެސް އަހަރެންގެ ފިރެހެންވަންތަކަމަށް ހިތާއި ހިތުން ތަޢުރީފްކުރަމެވެ. ސްކޫލްގައިވެސް ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލާ ހަންޖަރު އޮންނާނީ އަހަރެންގެ އަތުގައެވެ.

ކުއްލިއަކަށް އޭނާ އަހަރެންގެ ކުޑަދަށަށް ވަނެވެ. އަތުގައި އޮތީ މެދުސައިޒެއްގެ ކުޑައެއްކަން އަހަރެންގެ ނަސީބޭ ހިތަށް އެރިއެވެ. އެންމެ ބޮޑުބައިގެ ކުޑައެއްނަމަ އޭނާ އާއި އެހާ ގާތްވެލުމުގެ ފުރުޞަތެއް އަހަންނަކަށް ނުލިބުނީހެވެ. ދެމީހުން އެކުގައި މަގުމައްޗަށް ނިކުތީމެވެ. ކުޑައިގައި ހިފަހައްޓައިގެން ހުރީ އަހަންނެވެ. އޭނާ ހުރީ ހީކަރުވައިގަނެގެން ދެއަތުން އަމިއްލަ ހަށިގަނޑުގައި ބައްދާލައިގެންނެވެ.މިރޭވެސް އޭނާ ލައިފައި އެހުރީ ދިގު ހެދުމެއް ނޫނެވެ. ކުރުހެދުން މާބޮޑަށްވެސް އޭނާ އާއި ގުޅެޔޭ އަހަރެންގެ ހިތަށް އެރިއެވެ.

" ވަރަށް ހީކަރުވާދޯ..."

އެހެންޏާ ވާހަކަ ދައްކާގޮތާ ތަފާތުގޮތަކަށް އަހަންނަށް އަހާލެވުނެވެ. އެއާއި އެކު އޭނާ ބޯޖަހާލިއެވެ.

" ހީނުކަރުވާ ވަރަކަށް ނޫނެއްނު ވިއްސާރަވެހެނީމި.. "

އަހަންނަށް ހިނިގަނޑެއްޖަހާލެވުނެވެ. މިރޭ މަގުމަތީގައިވެސް އެއްވެސް މީހަކު ނޫޅެއެވެ. ގިނަ ގޭގެ ހުރީ ދޮރުލައްޕާފައެވެ. ކަޅުބޯ ވިލާތަކުން މުޅި ފަޒާވަނީ ބައްދާލާފައެވެ. ހަނދުގެ އަލިކަންވެސް މިރޭވަނީ ގެއްލިފައެވެ. މީހުން އުޅޭ ސަރަހައްދުން ބޭރުވެވުމާއި އެކު ކުރިއަށް އޮތީ ދިގު ބޮޑު މަގެވެ. އެއީ އަލަށް އާބާދުވާ ސަރަޙައްދަށް ދާން ކަނޑައަޅާފައި އޮންނަ މަގެވެ. ދެމީހުން އެކުގައި ދާތީ، ހިނގެނީ ކޮންމެވެސް ވަރަކަށް މަޑުންނެވެ. ނުވެސް ވިސްނާ ހުއްޓާ، ކުއްލިއަކަށް ވިދާލި ވިދުވަރާއި އެކު ބޮޑު ގުގުރިއެއް ޖަހައިފިއެވެ. އެއާއި އެކު ދާދި ގާތުގައި ހުރި އަހަރެންގެ ހުވަފެނީ ބައިވެރިޔާ އައިސް ލައްވީ އަހަރެންގެ ގައިގައެވެ. އޭނާގެ ދެއަތުން އަހަރެންގެ ޔުނިފޯރމްގައި ހުރީ ވަރަށް ބާރަށް ހިފާފައެވެ. އެވަގުތަކަށް އިންތިޒާރު ކުރަމުންދާ އަހަރެންގެ ހަށިގަނޑުގައިވާހާ ނާރުތައްވެސް ވަގުތުން ހިމޭންވެއްޖެއެވެ. ލޭދައުރުވުންވެސް ހުއްޓުނުކަހަލައެވެ.

" ސޮރީ..."

ކުއްލިއަކަށް އޭނާ ދުރަށް ޖެހިލިއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އިރުއިރުކޮޅުން ދެމީހުންގެ ދެކޮނޑު ޖެހެމުންދެއެވެ. އެވަރުންވެސް އޭނާ ދުރަކަށް ނުޖެހެއެވެ. ދުރަށް ޖެހުނިއްޔާ ތެމޭނެތީބާވައެވެ؟ ނޫނީ އަހަރެންގާތުގައި ހުންނަހިތްވަނީބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް މިރޭ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފާނެކަމުގެ އިންޒާރުތައް ސިކުނޑިން ހިތަށް ފޮނުވަމުންދާކަން އަހަންނަށް އެނގެއެވެ. ވައިގަދަވަމުންދާތީ އަހަރެން، ކުޑަދޫކޮށްލީ ގަސްތުގައެވެ.

" އޯހް! ނޯ! " ކަޅު އަނދިރީގެ ތެރެއިން ކުޑަ ނުވެސް ފެނެއެވެ. ވަޔާ އެނބުރެމުން އެނބުރެމުން ކުޑަ ވަރަށް ދުރަށް ދާނެކަން އަހަންނަށް އެނގެއެވެ. އަހަރެމެންނަށް އަދި ދެވުނީވެސް މަގުގެ މެދަކާހަމައަށެވެ.

" ކުޑަ ދޫވީ! " އަނެއްކާވެސް އަހަރެން ބުނީމެވެ.

އޭރު ވެހެމުންދާ ވާރެއިން ދެމީހުން ތެމެމުންދެއެވެ.

" އަޅެ.. ފޯނުވެސް ތެމެނީ.."

އޭނާ ބުނެލިއެވެ. އޭނާ ލައިފައިވާ ޖީންސްގެ ޖީބަށް ފޯން ކޮއްޕާލީ ނުތެމޭނެ ކަމުގެ ޔަޤީންކަން ނެތްޙާލުގައެވެ. އަހަންނަށް އޭނާގެ މޫނު ފެންނަނީ ވިދާލާ ވިދުވަރާއި އެކުއެވެ. އެތައް ފަހަރަކު އެމޫނުގައި ބީހޭ ހިތްވާންފެށިއެވެ. އެހެނަސް ފަސްޖެހެވެނީއެވެ. ނުކެރެނީއެވެ. އެއީ އަހަރެންގެ މުދައްރިސެކޭ ހިތަށް އަރުވާކަށް ބޭނުމެއްނޫނެވެ. އެއަށްވުރެން ހިތުގެ ޙާލު މާދެރައެވެ. އަހަރެން ހުއްޓުނީމެވެ.

" ކީއްވެ މަޑުކުރީ؟ އުޒޭންއަށްވެސް ދާން ނުކެރުނީތަ؟"

ވަރަށް މަޑުމަޑުން އޭނާ ސުވާލުކުރިއެވެ. އޭރު ދެމީހުންވެސް ތިބީ ތެމި ފޯވެފައެވެ.

" ދާން ކެރޭނެ.. އެކަމަކު މިކަޅުފޮއިރޭގެ އަނދިރީގައި، މި ތޫފާނުގެ ތެރޭގައި އަޅުގަނޑާއި އެކު ދާން މިސްއަށް ކެރޭނެތަ؟ "

ސުވާލުކުރި ރާގުން އޭނާއަށް ކޮންމެވެސް ބަދަލެއް އައިކަން އެނގުނީ އޭނާގެ ޖަވާބެއް ނުލިބުނީމައެވެ.

" ކީކޭ ބުނަން ތިއުޅެނީ ؟ "

ތަންކޮޅެއް ބާރަށް އޭނާ ސުވާލުކުރުމުން އަހަރެން ވާހަކަ ދައްކަންފެށީމެވެ. އިޙްސާސްތަކާއި ކެތްތެރިކަން ކޮޅުން ލުމުން ވާނެ ބޭޒާރަކަށް ނުބެލޭނެއެވެ. ފަހުން ގަންނާނެ ލަދަކަށް ނުވިސްނޭނެއެވެ. އަހަރެން މަޑުމަޑުން އޭނާގެ ވަށައިގެން ހިނގަން ފެށީމެވެ.

" މިސްއަށްވުރެން ކިތަންމެ ކުޑަޔަސް ފިރެހެނުންގެ ހިތުގައި ހިނގާ އާދަޔާ ޙިލާފް ޖަޒްބާތުތައް މިހިތުގައިވެސް ހިނގާ! މިކަހަލަ ފިނި ރެޔެއްގައި ބޭނުންވަނީ މިސްއާއެކު ހަމަ ތެމިލަން! ދުރަށްދާކަށް ބޭނުމެއްނޫން!"

ދީވާނާވެފައިވާ ޙާލު އަހަރެންގެ އެންމެ ފަހު ޖުމްލަ ބޭރުކޮއްލީ އޭނާގެ ކަންފަތްދަށުގައެވެ. އެއާއި އެކު ވަރަށް ބާރަށް އަހަރެންގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ.

" ހާދަ ގޮތެއް ފޮތެއް ނެތޭ!. ދަރިވަރަކު މުދައްރިސަކާއި ދޭތެރޭ ތިކަހަލަ ނަޒަރަކުން ދެކެފާނެކަމަކަށް ހިތަށްވެސް ނާރާ! ތީ ސޯޅަ އަހަރުގެ ފިރެހެން ކުއްޖެއް.. އަހަރެންމިއީ ތޭވީސް އަހަރުގެ އަންހެނެއް.."

ބާރު ބާރަށް އޭނާ އެހެން ބުނުމާއި އެކު އަހަރެން ބުނަން އޮތް ޖުމްލަ އައިސް އޮތީ ދުލުކުރީގައެވެ.

" ދަރިވަރަކަށް ނެތީތަ މުދައްރިސެއްދެކެ ...ލޯބި ވުމުގެ ޙައްޤު؟ "

އެޖުމްލައިގައި ލޯބި އައި ނައި ގޮތެއް ނޭނގެއެވެ. އޭނާދެކެ ލޯބިވެޔޭ އަހަރެންގެ އަމިއްލަ ނަފްސުވެސް ނުބުނާ ޙާލު އޭނާގެ ކުރިމަތީގައި ހާމަކުރެވިއްޖެއެވެ. އެއް އަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލެވުނެވެ.

" ލޯބި؟ ތީ މޮޔައެއްތަ؟ އަހަރެންމީ އުޒޭންއަށްވުރެން ބޮޑު މީހެކޭ... "

އޭނާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ބުނެލިއެވެ. އަހަރެން ޖެހިލީ ފަހަތަށެވެ. އޭރުވެސް ޖެހެމުންދާ ވަޔާއި ވެހެމުންދާ ވާރެއަކަށް ބަދަލެއް ނާދެއެވެ.

ހަމަ އެވަގުތެވެ. ދުވަހަކުވެސް ނީވޭހާ ބާރު ގުގުރިއެއް ޖަހާލީ ގަދަ ފަދަވެގެންވާ ވިދުވަރަކާއި އެކުއެވެ. ދެލޯ ބޮޑުކޮއްފައި އައިސް އޭނާއަށް އަހަރެންގެ ގައިގައި ބައްދައިގަނެވުނެވެ. މިފަހަރު އަހަރެންވެސް އަހަރެންގެ ދެއަތުން އޭނާގެ ހަށިގަނޑު ވަށާލީމެވެ. އަދި މަޑުމަޑުން ބުރަކަށީގައި ފިރުމަން ފެށުނެވެ. ބިރެއް ފިކުރެއް ނެތިއެވެ. އޭނާގެ މޫނު ޖެހިފައިވަނީ އަހަރެންގެ ކަނދުރާގައި ކަމުން އޭނާގެ ނޭވާގެ ހޫނުކަން އަހަންނަށް އިޙްސާސްވެއެވެ.

" ދުރަށް ނުދާނަންތަ؟ "

އަހަރެން އަހާލީމެވެ. އޭރު އޭނާގެ އަތުގެ އިނގިލިތަކުން އަހަރެންގެ ބުރަކައްޓަށް އޮބަމުންދެއެވެ. އޭނާގެ އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެންނަށް ހިނިތުންވެވުނެވެ.

" ލޯބީގެ އިޙްސާސަކީ ވަކި އުމުރަކަށް ބެލޭނެ އެއްޗެއް ނޫން.. "

އޭނާގެ ކަންފަތުގެ ފޫޅުގަނޑުގައި ދައިގަންނަމުން އަހަރެން އެހެން ބުނެލުމުންވެސް އޭނާއަކަށް އަހަންނާ ދުރަކަށް ނުދެވުނެވެ. އެހިސާބުން އަހަންނަށް ކިޔަމަންވެއްޖެކަމުގައި ހީކުރެވުނެވެ. އެހާ އަވަހަށް އޭނާ އަހަންނަށް ލިބުނީހެއްޔޭ ހިތާއި ސުވާލުކޮށްލެވުނެވެ. ނަމަވެސް ހިތްވެސް އޮތީ ލަދުންގޮސް އަހަންނަށް ފިލައިގެންހެން ހީވިއެވެ.

ތިބި ގޮތަށް ތިބެ، ދެމީހުންވަނީ އެންމެ ކައިރީގައި ހުރި ފަޅުގެއަށެވެ. އެހާގާތުން އޭނާ ފެނުމުން އަހަރެންނަށް ހިނިތުންވެލެވުނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތަށް ލިބުމުންނެވެ. މިރޭ މިއީ އަހަރެންގެ ހުރިހާ އުފާތަކެއް ޙާޞިލްވާނެ ރެއެވެ. އާވާރާވެގެން އެތައް ރެޔެއްގެ ނިދި ނަގާލި ހުވަފެންތައް ހަޤީޤަތަކަށްވާނެ ރެޔެވެ. އެޖިސްމުން ބޭނުން ވަރަކަށް އުފާލިބޭނެ ރެޔެވެ. ތެމިފައިވާ ޔުނިފޯރމް ބޭލުމަށްފަހު އަތުކުރީގައި އަޅާފައިވާ ގަޑިވެސް ބޭލީމެވެ. އަދި އަހަންނަށް މަރްޚަބާ ކިޔަމުންދާ އެ ރީތި ތުނި ތުނި ފަތި ހަށިގަނޑު، އަހަރެންގެ ހަށިގަނޑާއި ގުޅިލާމަހާލީމެވެ.

" ކެތްމަދުވެފައި ހުރިވަރުން ޓޮޕްކޮޅުވެސް އިރާލީނު.. ދެން.. އަހަރެންގެ ޔުނިފޯރމުން ތި ރީތި ހަށިގަނޑު ނިވާކޮއްލައިގެން ދޭ.. ހަނދާންކޮށް ޔުނިފޯރމް ނުދައްކާތި އެއްވެސް މީހަކަށް... "

އޭނާގެ ޓޮޕް ލައްވައިދިނީވެސް ޚުދު އަހަރެންގެ ދެއަތުންނެވެ. އަދި އަހަރެންގެ ޔުނިފޯރމުން ހަށިގަނޑުން ފެންނަމުންދާ ބައި ނިވާކޮއްލަމުން ތިން ހަތަރު ފަހަރު ބައްދާލީމެވެ.

" އަދިވެސް މިކަހަލަ ރެޔަކަށް އިންތިޒާރު ކުރަން.."

އަހަރެން އެހެން ބުނުމުން ކުރަކި ވެފައިވާ އަޑަކުން އޭނާ ބުނެލިއެވެ.

" އިންތިޒާރުކުރާ ކޮންމެ ކަމަކީ ޙާޞިލް ވާނެކަމެއް ނޫން.. އެކަަމަކު ކޮންމެ އިންތިޒާރަކަށްވެސް ނިމުމެއް އަންނާނެ!"

ޔަޤީނެވެ. އެބުނީ އަހަރެންގެ ވާހަކައެވެ. އަހަރެން އޭނާ ގެއާއި ހަމައަށް ގެންގޮސް ދިނުމަށްފަހު ، އެނބުރި ގެއަށް އައީ ފުމެމުންނެވެ. އުފަލުން ނަށަމުންނެވެ. އެ ޚިޔާލްތަކުގައި އޮއްވާ އަހަރެންނަށް ނިދުނީވެސް ފަތިހުއެވެ.

****

ހޭލެވުނީ މަންމަ އައިސް ދޮރުގައި ތަޅާއަޑަށެވެ. ސިއްސައިގެން ގޮސް ހޭލެވުމާއި އެކު ގަޑި ބަލާލަން އަތުކުރިއަށް ބަލާލީމެވެ. ހަނދާންވީ ދެނެވެ. ރޭގައި ގަޑި ބޭލިގޮތަށް އެ އަޅަންވެސް ހަނދާނެއް ނުވިއެވެ. އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލި ފުރަތަމަވެސް ފެނުނީ އިރު ރުޅި އައިސް ރަތްވެފައިވާ މަންމަގެ މޫނެވެ.

" ނުހޭލެވުނީ..ރޭގަ ސުކޫލުން އާދެވުނީ ވަރަށް ލަހުން.. ވިއްސާރައިގައި ޖެހިގެން މަޑުކުރީ.. "

އަހަރެން ފުރަތަމަވެސް ބުނީ އެހެންނެވެ.

" ސްކޫލް އޮފީހަށް ކިޔައިފި.. ހަމަ މިހާރު ދާން.. ވީ ކީއްކަމެއް ނޭނގެ ފޮތް ހިފައިގެން އައި މީހާއަކަށްވެސް.. ބެލެނިވެރިޔާ އާއި އެކު އޮފީހަށް ދާށޯ.. އިއްޔެ ކުލާހުގައި ކަމެއް ކޮއްފައިތަ ތިއައީ ؟ "

އަހަރެން ބޯހޫރާލީމެވެ.

" މަ ކަމެއް ކުރާނެހެން މަންމައަށް ހީވޭތަ؟ އިއްޔެވެސް ގަޑިޖެހިގެން ދެވުނީ.. އެކަމު މިޔަދު ސުކޫލަށް ނުދާއިރު ، އޮފީހަށް ކިޔަންޖެހޭތަ؟ އާނ މިދަނީ ފެންވަރަން.."

ފެންވަރަން ހުރި އިރުގައިވެސް ރޭގެ މަންޒަރުތައް ފެންނަމުންދާކަހަލައެވެ. މިޔަދު ނުހޭލެވުނީ ނަސީބެކޭ ހިތަށް އެރިއެވެ. ޔަޤީނެވެ. ޝިފާވެސް ސްކޫލަކަށް ނުދާނެއެވެ. އޭނާވެސް ވަރަށް ލަދުގަންނާނެއެވެ. ތައްޔާރު ވެލައިގެން މަންމަ އާއި އެކު ސްކޫލް އޮފީހަށް ގޮސް ވަނީމެވެ. ޕްރިންސިޕަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި ދެމައިން އިށީނުމާއި އެކު އޭނާ ބަލާގޮތުން އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.

" ރޭގަ ގެއަށް ދިޔައީ ކޮންއިރަކު؟ "

ފުރަތަމަ ސުވާލާއި އެކު ޖަވާބު ދިނީ މަންމައެވެ.

" ވިއްސާރައިގައި ޖެހިގެން ރޭގަ ވަރަށް ލަހުން ގެއަށް ދިޔައީ.. އޭރު އަޅުގަނޑަށް އޮތީ ނިދިފައި.."

އަހަރެން ބިރުގަންނަން ފެށިއެވެ.

" ގެއަށް ދިޔުމުގެ ކުރިން އުޒޭން ވަތް ތަންތަން ކިޔާދީބަލަ..."

ދުލުން ދެތުންފަތް ތެންމާލެވުނެވެ. އަނެއްކާ މިމީހުންނަށް ޝައްކެތް ވީބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް އެއްވެސް މީހަކަށް ނުވެސް ފެންނާނެއެވެ. ޝައްކުވިޔަސް ޔަޤީން ނުވާކަމަކަށް އަދަބެއް ނުލިބޭނެއެވެ. ގައިމުވެސް ޝިފާމިސް އެއްބަހެއް ނުވާނެއެވެ.

" ޝަހީމް ގެއަށް ލައިފައި ދެން ދިޔައީ ގެއަށް؟ ކިހިނެއްވީތޯ ؟ "

ހާސްވެފައި އަހަރެން ސުވާލުކުރުމާއި އެކު ދެންވެސް އަމާޒުވީ ޕްރިންސިޕަލްގެ ސުވާލެކެވެ.

" ޝިފާ ދުށިންތަ އެއްވެސް ތަނަކުން؟ "

އޭރު އަހަރެންގެ މަންމަވެސް ދެބުމައިގައި ގޮށްޖަހައިގެން އިނެވެ. އަހަރެން ނޫނެކޭ ބުނެ، ބޯ ހޫރާލި ވަގުތު އޮފީހުގެ ދޮރުން ޝިފާ މިސް އާއި މަރީ މިސް ވަނެވެ. ޝިފާމިސްގެ އަތުގައި އޮތް އެތެރެ ނުފެންނަ ކޮތަޅު ޕްރިންސިޕަލްގެ އަތަށް ދިއްކޮއްލުމާއި އެކު އެބޭފުޅާ އެކޮތަޅުން ނެގީ އަހަރެންގެ ޔުނިފޯރމެވެ.

" މީ؟ "

އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއާއެކު އަހަންނަށް ބަލާލެވުނީ އޭނާގެ މޫނަށެވެ. އެހިނދު ޝިފާމިސް މޫނުގައި ދެއަތްއަޅާ ރޯންފެށިއެވެ.

" ސަރ.. އަޅުގަނޑަށްވެސް އޮތީ ނިދިފައި.. ބާރުބާރަށް ޝިފާ ދޮރުގައި ތަޅަންފެށީ.. އޭނާ އައި އިރު ހުރި ޙާލު ފެނުމުން އަޅުގަނޑުވެސް ދެރަވި.. ލައިފައި ހުރި ހެދުންވެސް އޮތީ އިރާލާފަ.. އޭނައައީ އުޒޭންގެ ޔުނފޯރމުން ނިވާވެގެން. ޝިފާއަށް އަންނަން ނުކެރިފައި ހުއްޓާ އުޒޭން ބުނިއްޔޯ ގެންގޮސްދޭނަމޭ.. އެހެން ކިޔާފަ އޭނަ... އެހިސާބުގަނޑުގައި ހުރި.. ފަޅުގެއަށް ވައްދާފަ... ރޭޕް.. ރޭޕް... ކުރީ."

އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އެވަރުގެ ބޮޑު އޮޅުވާލުމެއް އޭނާ އޮޅުވާލާނެ ކަމަށް ފަހަރެއްގައިވެސް ހިއެއް ނުކުރަމެވެ. ހުރިހާ ކަމެއްވެސް އިސްވެ ކުރީ ޚުދު އޭނާއެވެ.

" އެއީ ދޮގެއް.. "

އަހަރެންނަކީ ރޭޕިސްޓެއް ނޫނެވެ. އަހަރެން ކުރިކަމެއް ކުރީ އޭނާގެ ރުހުމުގައި އެހާމެ ލޯބިންނެވެ. އެކަމަކު މަންމަގެ ކުރިމަތީގައި އެފަދަ ވާހަކައެއް ކިޔައިދޭކަށްވެސް ނުކެރުނެވެ. ހައިރާންވެ އަންތަރީސްވެގެން މަންމައަށްވެސް އޭރު ހުރީ ކޮޅަށް ތެދުވެވިފައެވެ.

" ތީ އަޅުގަނޑުގެ ޔުނިފޯރމެއް ނޫން.."

ސަލާމަތްވެވިދާނެޔޭ ހިތާ އަހަރެން އެހެން ބުނުމާއި އެކު ޕްރިންސިޕަލް ދިއްކޮއްލީ އަހަރެންގެ ގަޑިއެވެ. އެގަޑިއާ ބެހޭގޮތުން މަންމައާ ސުވާލުކުރެއްވުމުން މަންމަ ދެކޮޅެއް ނެހެދިއެވެ. އެއީ އަހަރެންގެ ގަޑިކަމުގައި ބުނެ އެއްބަސްވިއެވެ.

" އުޒޭން؟ "

ދެން ދެއްކޭނެ ބަހަނާއެއް ނެތެވެ. ކަންތައްވީގޮތް ބުންޏަސް އަހަރެންގެ ވާހަކަ ޤަބޫލުކުރާނީ ކާކު ހެއްޔެވެ؟ ޝިފާމިސް ރުހިގެން ދަރިވަރަކާ ގުޅުމެއް ބާއްވާނޭ ހީކުރާނީވެސް ކާކު ހެއްޔެވެ؟ އެހެންކަމުން ހުރިހާ ބަދުނާމެއްވެސް ވީ އަހަންނެވެ. ފަޟީޙަތްވެސްވީ އަހަންނެވެ. އަނެއްކާވެސް ޝިފާމިސް އާއި ދިމާއަށް ބަލާލީމެވެ. އޭރުވެސް އޭނާ އިނީ މޫނުމަތީގައި އަތްއަޅައިގެންނެވެ.

" އޯލެވެލް އަހަރު ތިކުރީ ވަރަށް މޮޅު ކަމެއް.... އަހަރެމެން އުއްމީދުވެސް ނުކުރާކަހަލަ ކަމެއް ތިކުރީ.. ތިކަހަލަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު އަހަރެމެން އަޅާނަން.. "

އެދުވަހު އަހަރެން އޮފީހުން ނިކުމެގެން އައީ ވަރަށް ބޮޑަށް މާޔޫސްވެގެންނެވެ. ސްކޫލްގެ ގޭޓާއި ހަމައިން އަހަންނަށް ލީނާ ފެނުނެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. އޭރު އަހަރެންގެ މަންމަ، ލަދުން އަހަންނާއެކު ނުދާންވެގެން ބާރު ބާރަށް ގޮސް އޮބާލައިފިއެވެ. އަތުގެ އިޝާރާތުން ލީނާއަށް އައުމަށް ގޮވާލުމާއެކު އޭނާވެސް ދިނީ ފުރަގަހެވެ. އަދި ދުވެފައިގޮސް ކްލާހަށްވަނެވެ. އެހިސާބުން އެންމެންނަށް އެވާހަކަ އެނގި ހާމަވެއްޖެކަން އަހަންނަށް ޔަޤީންކުރެވުނެވެ.

****

މީހުން ދައްކާ ވާހަކަތައް އަޑުއަހާކަށް އަހަރެން ބޭރަކަށް ނުނިކުންނަމެވެ. މުޅިރަށުގައިވެސް ދައްކަނީ އެވާހަކައެވެ. ގެއަށް އަންނާނެ އެކުވެރިޔަކު ނުވެއެވެ.އަހަރެންގެ މަންމަވެސް ގެއިން ބޭރަށް ނުގޮސް އަބަދު ގޭގައި އިންނަނީ ލަދުންނެވެ. ދުވަސްކޮޅެއް ނުވަނީސް އަހަރެން ސްކޫލުން ވަކިކުރިކަމުގެ ލިޔުން ލިބުނެވެ. އެލިޔުން ވެގެން ދިޔައީ އަހަރެންގެ މުސްތަޤްބަލަށް އެޅުނު ކަޅު ހިޔަންޏަކަށެވެ. އޯލެވެލް އިމްތިޙާން އެހާ ކައިރިވެފައި ވަނިކޮށް އަހަންނަށް މިޖެހުނީ ހުރިހާ ކަމަކުންވެސް ފެއިލްވާށެވެ. އެހިސާބުން ކުރެވުނު ކުށަށް ތަޢުބާވުމުގެ ޚިޔާލް އަތުވެއްޖެއެވެ. މާޔޫސްވެ ދެރަވާގޮތްވުމުން ހެއްދެވިފަރާތްމަތިން ހަނދާންވެއްޖެއެވެ. ހިތުގެ ރިހުން ފިލުވާލުމުގެ އެންމެ މޮޅު ފަރުވާއަކީވެސް އެއީއެވެ. އެހެންކަމުން އޭގެ ފަހުން އަހަރެން އަޅުކަންތައް ކުރުން ގިނަކޮށް ތަޢުބާވެސް ވީމެވެ.

****

އެހެނަސް އޭރުވެސް ޝިފާމިސްއަށްޓަކައި ހިތުގައި އޮތް ލޯތްބަކަށް ބަދަލެއްނައެވެ. ކިތަންމެ ހަޑި ނަމެއް ދީފައި ދިޔަ ނަމަވެސް، އޭނާ މަތިން ހަނދާންނައްތާލެވޭގޮތެއް ނުވިއެވެ. އަދިވެސް އެރޭގެ ހަނދާންތައް އޭގެ އެންމެ ތާޒާކަންމަތީގައި ސިކުނޑީގައި ހަރުލާފައިވެއެވެ. ރަށުގައި ހުރެ، އަށާރަ އަހަރު ވުމާއި އެކު އަހަރެން މާލެ ދިޔައީ ކޮންމެވެސް ކަހަލަ ވަޒީފާގަނޑެއް ލިބޭތޯއެވެ. މީހެއްގެ އަތްދަށުގައި އުޅެންވިޔަސް ފަރުވާލެއްނެތެވެ. އޭރުންވެސް ރަށުގައި ހުރުމަށްވުރެން މާބޮޑަށްވެސް ހިތަށް ފަސޭހަވާނެއެވެ.

***

މާލޭގެ ފިހާރައެއްގައި އަހަރެން މަސައްކަތްކުރަންފެށިތާވީ ހަފްތާއެކެވެ. އަހަރެން މަސައްކަތްކުރާ ފިހާރައިން، ސްކޫލެއްގެ އަހަރީ ދުވަހަކަށް ވަރަށް ގިނަ ޢަދަދަކަށް ފޮތި ބޭނުންވެގެން ޕިކަޕްގައި ފޮތި ގެންގޮސްދޭން އަހަރެންވެސް ދިޔައީމެވެ. މަސައްކަތް ނިންމާލުމަށްފަހު ޕިކަޕަށް އަރަ އަރާ ހުއްޓާ ،ގޭޓުން ނިކުމެގެން ދާ ޝިފާމިސް ފެނުމާއިއެކު އަހަންނަށް ހުއްޓެވުނެވެ.ޕިކަޕް ފޮނުވާލުމަށްފަހު އަހަރެން ޝިފާމިސްގެ ފަސްފަހަތުން ހިނގަން ފެށީމެވެ. އޭނާގެ ފަހަތުން ގޮސް އެގެއަށްވެސް ވަނީމެވެ. ވަނުމާއެކު ސިހިފައި އޭނާ ފަހަތް ބަލާލިއެވެ. އެއާއެކު ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ އަހަންނަށް ބަލަމުންދިޔައެވެ.

" ކީއްކުރަން ތިއައީ؟ ނުކުމޭ މިގެއިން.."

އޭނާ އަހަރެން ދެކެ އެހާ ރުޅި އަންނަން ޖެހެންވީ ކީއްވެގެންކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ.

" ޕްލީޒް... އެންމެ ދެމިނެޓް. އެންމެ ސުވާލެއް ކޮއްލަން...."

އަހަރެން އާދޭހުގެ ރާގަކަށް ބުނެލީމެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނުމުން އަހަރެންނަށް ފުރުޞަތުދިންހެން ހީވެގެން ސުވާލުކުރަންފެށީމެވެ.

" ކީއްވެ އެދުވަހު އެގޮތަށް ކަންތައްކުރީ ؟ ކީއްވެ ދޮގު ހެދީ؟ "

ވަގުތުން އޭނާ ފުރަގަސްދިނެވެ. އަހަރެން ހުރީ ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

" ޕްލީޒް ބުނެބަލަ.."

" އަހަރެންނަކީ މީހެއްގެ އަތްބެކޭ.."

އޭނާއަކީ އޭރުވެސް މީހެއްގެ އަތްބެއްކަންވެސް އަހަރެންނަށް މި އެނގުނީ އަދިކިރިޔާއެވެ.

" އެކަމަކު އަހަރެންގެ ބޮލުގައި ރޭޕްގެ ތުހުމަތު އެޅުވީ ކީއްވެ؟ ހުރިހާ ކަމެއްވެސް ކުރީ ދެމީހުންގެ ރުހުމާއި އެކު.. ބޭނުން ނަމަ ފިރިމީހާއަށް ސިއްރުވެސް ކުރެވިދާނެ.. އެނގޭތަ އަހަންނަށް ލިބުނީ ކިހާ ނިކަމެތި ކަމެއްކަން؟ އަހަންނާ އަހަރެންގެ އާއިލާއަށްވެސް ލިބުނީ ރަށު އެންމެންގެ މަލާމާތް. އަހަރެން ސްކޫލުންވެސް ވަކިކޮށްލީ! އޯލެވެލްވެސް ނުހެދުނު!"

އަހަރެންގެ ވާހަކަތަކުން އޭނާ ދެރަވިކަން އެެ މޫނުމަތިން އެނގުނެވެ.

" އެނގެޔޭ ތިހެންކަންވާނީ... އެކަމަކު... އޭރު އަހަރެންނަށް ވިސްނުނީ ހަމައެކަނި އަހަރެންނާ ދޭތެރޭގަ.. އުޒޭން..."

މިހާރު އަހަރެންނަށް އޭނާ ސިފަވަނީ ހިތާމަކޮށްކޮށް ވަރުބަލިވެފައިވާ މީހެއްގެ ސިފައިގައެވެ.

" އަހަރެންގެ ފިރިމީހާއަކީ ކުދިން ނުލިބޭމީހެއް! އެހެންވެ އަހަރެން ބިރުގަތީ! ޕްރެގްވިޔަސް ރޭޕްކުރީއޭ ބުނީމަ ފިރިމީހާ ޤަބޫލުކުރާނެހެންހީވެގެން.. އެކަމަކު އޭނަ އަހަރެން ދޫކޮށްލީ! އެއީ.. އަހަރެން.. އުޒޭންގެ ދަރިއަކަށް ބަލިވެއިންކަން އިނގުނީމަ! އޭނަ ބޭނުންނުވީ އުޅެން!"

އެހިސާބުން އޭނާއަށް ރޮވިއްޖެއެވެ. އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މަންމީ!"ކުއްލިއަކަށް ކޮޓަރިއަކުން ބޯދިއްކޮށްލި ތުއްތު ކުއްޖަކު ފެނުނެވެ. އެކުއްޖާ ވައްތަރީވެސް އަހަންނާއެވެ.

" އުޒޭން.. އަޒާ މީ އުޒޭންގެ ދަރިއެއް... "

ލަސްލަހުން އަހަރެންނަށް، އަހަރެންގެ ދަރިފުޅާއި ދިމާއަށް ހިނގައިގަނެވުނެވެ. އޭރު ދެލޯފުސްވަމުންދެއެވެ. ބުމަވެސް މައްޗަށް ހިއްލެމުންދެއެވެ.

" އަހަރެންގެ... ދަރިފުޅު؟؟ "

ބާރުބާރަށް އަހަންނަށް ދަރިފުޅުގެ ގައިގައި ބައްދާލެވުނެވެ.

****

އިޝްޤްގައި ޖެހި، އާވާރާވި ލޯބި ޙާސިލްކޮއްފީމެވެ. ޙަލާލްގޮތުގައި މިލްކަކަށްވެސް ހަދައިފީމެވެ. އޭނާގެ އަތުގައި އަހަރެން އަޅުވާލަދިނީ ރިހި އަނގޮޓިއެކެވެ. އެއީ އަހަރެންގެ ފެންވަރެވެ. އެއަށްފަހު އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް ރަތްފިނިފެންމަލުގެ ދާނުގައި އޭނާ ބާއްވާލީމެވެ. އަދި ހިތްފުރެންދެން ބަލަން އޮތީމެވެ. މަޑުމަޑުން އޭނާ ހިނިތުންވަމުންދެއެވެ. ދެމީހުންގެ އުމުރު ވަރަށްވެސް ތަފާތެވެ. މީހުން ބުނާގޮތުން މައްސަލައަކީ އަހަރެން ހަގުވީމައެވެ. އެހެނަސް އެއީ އަހަރެންގެ ހިތަށް އެއްވެސް މައްސަލައެއް ނޫނެވެ. ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންގެ ހިތާއި އޭނާގެ ހިތް އަރާ އަރަފޯދިގެންވެއެވެ. އެހެން ނޫން ނަމަ މިޔަދު އަހަރެންނާއި އެކު މި ދާނުގައި ޝިފާމިސް އެއް ނޯތީހެވެ.

( ނިމުނީ )

(ނިމުނީ)