ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަަމަށް އަމިއްލަގޮތުން ވާދަކުރެއްވި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަ...