ލ. ލިންކު ރޯޑުގައި އެކްސިޑެެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިއީ ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެކެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލް ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދިވެހި ފުލުހުންގެ ހިދުމަތުުން ވިދާޅުވީ އިއްޔެ އިރުއޮއްސުނު ވަގުތު، ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނިޔާވި މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކާރު ދުއްވަން އިން މީހާގެ ލައިސަންސެއް ނޯންނަކަމަށާއި ކާރު ދުއްވަން އިން 28 އަހަރު ދިވެހި ފިރިހެން މީހާ އަށް މިހާރު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާ އިން އިތުރަށް ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!