"ވޯޓު ވިޔުގަ"އިގެ ނަމުގައި ސޮފްޓްވެޔާ އެއް ތައްޔާރުކޮށްފައިވާކަމަަށް ބުނެ ޑިމޮކްރެޓުންގެ ކަންބޮޑުވުން ފާޅުކޮށްފި
“ވޯޓު ވިޔުގަ”އިގެ ނަމުގައި ސޮފްޓްވެޔާ އެއް ތައްޔާރުކޮށްފައިވާކަމަަށް ބުނެ ދަ ޑިމޮކްރެޓުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރާއި، އެންސްޕާއާއި، އާސަންދަ ފަދަ ދައުލަތުގެ އެކި އަސާސީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ދިވެހި ރައްޔިތުންގެ ވަނަވަރާއި، ޒާތީ މައުލޫމާތާއި، ޑޭޓާ ވަގަށް ނަގައިގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެޔާ އެއް ކަމަށެވެ. މީގެ އިތުރުން ރައީސް ސާލިހަށް ދެވަނަ ދައު...