ހދ. މަކުނުދޫ ގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލުން ހުރަސް އަޅާފައި ނޯންނާނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން އެރަށު ރައްޔިތުންގެ މަންފާއަށް ހިންގަމުންދާ އަދި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލުގެ ފަރާތުން ހުރަސް އަޅައި، ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.
ސަރުކާރުން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކުގައި ވެސް ކައުންސިލުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެރަށު ބަނދަތުގެ ލޮކޭޝަން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް އެންމެ އެކަށޭނަ ސަރަައްދެއް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، ކަނޑައެޅުމަށް ސަރުކާރުގެ މުވައްސަސާއަކުން އެއްވެސް ރަސްމީ ލިޔުމެއް ކުމުންދޫ ކައުންސިލަށް ލިބިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެހެންވެ، ސިޔާސީ ބޭނުމަށް އެކަށުގެންވާ މައުލޫމާތު ނުހޯދައި، ކައުންސިލު ބަދުނާމުވާގޮތަށް ވާހަކަ ދައްކާ ފަރާތްތައް އެ ކައުންސިލުން ކުށްވެރިކުރާ ކަމަށް ވެސް ކުމުންދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!