މާލެއިން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށްގޮސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ދޯނި ދަރަވަންދޫއާ ދިމާލުން ބޭރަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.

Ad
rt

އެ ދޯނީގައި ތިބި އެންމެންވެސް މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދޯނީގައި ތިބީ 12 ބިދޭސީންނާއި ދިވެއްސެެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ ބ. އައިދޫއަށް ސަޕްލައި ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެކެވެ. ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ އެ ރަށަށް މި ދޯނިން ގެންގޮސްފައިވަނީ ކޮންކަހަލަ މުދަލެއް ކަމެއް ސާފުވާގޮތެއް އަދިނުވެއެވެ.