ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ ގއ. ވިލިނގިލީގައި ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް ދިޔަ މީހަކު ފޮޓޯ ނެގި މައްސަލައެއް ކަމަށެވެ. އަދި އޭނާ ވޯޓު ކަރުދާސް ފޮޓޯ ނަގާފައިވަނީ ސްޕައި ކެމެރާއެއް ބޭނުންކޮށްގެން ކަމަށެވެ.
ވޯޓު ކަރުދާސްކޮޅު ފޮޓޯ ނެގިކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު 10:25 އިރު ކަމަށާއި އެ މައްސަލައާ ގުޅިގެން 32 އަހަރުގެ
ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިާ ކަމަށް ވެސް ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ފަރާތެއް އައްޔަން ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މއިަދު ހެނދުނު 8 ޖެހިއިރުއެވެ. އަދި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، 4 ޖަހާއިރު ކިޔޫގައި ތިބި އެންމެންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!