Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އޯގަސްްޓު މަހު މީރާއިން 1.60 ބިލިއަން ރުފިޔާ ބަލައިގެންފި
Raajje

އޯގަސްްޓު މަހު މީރާއިން 1.60 ބިލިއަން ރުފިޔާ ބަލައިގެންފި

ނިމިދިޔަ އޮގަސްޓު މަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާ އިން މައުލޫމާތު ދީފިއެވެ. މީރާގެ ތަފާސް ހިސާބުން ދައްކާގޮތިގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %21.0 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.7 މަދު އަދަދެއް ކަމަށް އެ އިދާރާ އިން ހާމަކުރައްވައެވެ. މިރާ އިން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ […]

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ
Raajje

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ

މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ މުއްދަތުގައި 1،254،252 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް ދުވާލަކު 5,037 ފަތުރުވެރިންނެވެ. މީގެ އިތުރުން އެވްރެޖުކޮށް 7 ދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސް ހިސާބުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 14 އިންސައްތައިގެ […]

އެމްއެންޕީ އިން ޕީއެންސީ އާއެކު ކޯލިޝަން ހަދައިފި
Raajje

އެމްއެންޕީ އިން ޕީއެންސީ އާއެކު ކޯލިޝަން ހަދައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޕީއެންސީ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މީރުމާ މާލަމުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ނާޒިމާއި އަބްދުއްރަހީމް ވެސް ވިދާޅުވީ، އެއްބ...

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި
Raajje

ރިޔާސި އިންތިހާބު 2023: ވޯޓު ލާ ވަގުތު އިތުރުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގރ ނައިބު ރައީސް އިސްލާމިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8 ން ހަވީރު 5 ޖެހުމާއި ހަމައަށް ކަމަށެވެ. މިގޮތަށް ނިންމީ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އެހެން އިންތިހާބުތަކާއި އަޅާބަލާއިރު، މަދުވުމާއި އެކު ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މީގެ […]

ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
Raajje

ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސް އުފައްދަވާ ވިދާޅުވިގޮތަށް ސުވާލެއް ނެތް މިންވަރަށް އެމްޑީޕީ ރޫޅާލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޑިމޮކްރެޓްސް އުފެދުނުތާ މަދު ދުވަސްތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ވާދަކުރި މަގުސަދާއި ހާސިލް ކުރަން ބޭނުންވި ކަންތައް ވެސް ހާސިލު […]

ފުވައްމުލަކުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ ނިޔާވެއްޖެ
Raajje

ފުވައްމުލަކުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ފުވައްމުލަކު ނައިބުތުއްތުއްތު މަގުން ބާރޫ ސްޕީޑް ގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަަކށް އަރައި، ހިނގި ހާދިސާއެއްގައި އަނިޔާވި މީހެއް ކަމަށެވެ. އަދި އެ ހާދިސާ ހިންގާފައިވާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މި ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 10:25 ހާއިރު ކަމަށެވެ. އެ ހާދިސާގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގަން ފުވައްމުލަކު ހޮސްޕިޓަލުގައި […]

ޒާމިރު، ނައިބު ވަޒީރުކަމުން އިސްތިއުފާ ދީފި
Raajje

ޒާމިރު، ނައިބު ވަޒީރުކަމުން އިސްތިއުފާ ދީފި

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު އިސްތިއުފާ ދެއްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ގައި ހުންނެވި ޒާމިރުގެ އިސްތިއުފާގެ ސިޓީގައި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެންމެންގެ ބުރަ މަސަައްކަތުން 2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ސަރުކާރުގައި ދިވެހި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމަށް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވައިފި ކަމަ...

ރައީސް މޮރިޝަސް އަށް ފޮނުއްވި ކަމަށް ބުނާ ސިޓީ ލީކު ވެއްޖެ
Raajje

ރައީސް މޮރިޝަސް އަށް ފޮނުއްވި ކަމަށް ބުނާ ސިޓީ ލީކު ވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ލީކު ވެއްޖެއެވެ. އެ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމދު ވަނީ ލީކުވެފައިވާ ސިޓީ އަކީ ސައްހަ ސިޓީއެއް ކަމަށް ވިދާޅުވެފައެވެ. އެ ސިޓީ ލީކުވި ގޮތެއް ސާފުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ސިޓީ އަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސް ކުރައްވާ ސާލިހު ފޮނުއްވި ސިޓީއެކެވެ. އެ […]

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި
Raajje

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ. ދެން އެންމެގިނަ ވޯޓު ލިބ...

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ
Raajje

ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތި...

މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް […]

މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށަނީ
Raajje

މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށަނީ

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ. “އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާ...

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
Raajje

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީ، ޕީޕީއެމް ކޯިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް ދަންނަވައި އެ ޓްވީޓުގައި ވިދާޅުވީ ޑރ. މުއިއްޒު އަށް އިތުރު ތ...

ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ: އާތިފް
Raajje

ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ: އާތިފް

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީ.އެން.ސީގެ ކެނޑިޑޭޓަށް ވޯޓުދީފާނެ ކަމަކަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ކަންކަމުގައި ސަރުކާރާއި ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދި ޕާތީތަކަށާއި އަމިއްލަ ކެނޑިޑޭޓުންނަށް ވޯޓުލީ ގިނަ ރައްޔިތުން ދެވަނަ ބުރުގައި ޕިއެންސީ އަށް ވޯޓުދީފާނެ ކަމަަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ފެކް...

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް
Raajje

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާއި ގުޅިގެން ކުރަން ޖެ...