Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް
Thiladhunmathi News

ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވީ ނުހައްގު އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެއީ ދިވެހިންނަށް ލިބުނު  ނިކަމެތި ކަމެއްކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެކައުންސިލުން […]

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު އެ ސިޓީއަށް ވ...

އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ހަމަހަމަކަން ޤާއިމުކޮށްގެން: ރައީސް
Raajje

އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ހަމަހަމަކަން ޤާއިމުކޮށްގެން: ރައީސް

އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މ. އަތޮޅު މަދަރުސާގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވެ...

ޔާމީންގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކޯޓަށް
Raajje

ޔާމީންގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކޯޓަށް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑރިން ދައުވާގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްޔެ އިއްވި ހުކުމަށްފަހު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، އެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓަށް ހިނގައްޖެ އެވެ. ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއްް އިއްވާފަ އެވެ. އިދިކޮޅު ކޯލިޝަނުން ވިދާޅުވީ މިއަދާއި ހަމައަށް ކޯޓުން […]

"ޔޫތު ލީޑް އެސްޑީޖީ އެކްޝަން ޗެލެންޖް" ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު
Raajje

"ޔޫތު ލީޑް އެސްޑީޖީ އެކްޝަން ޗެލެންޖް" ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

“ޔޫތު ލީޑް އެސްޑީޖީ އެކްޝަން ޗެލެންޖް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި މުބާރާތަށް ވީޑިއޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ތިން ފަރާތަކަށް 1000 ޕައުންޑުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުން އަންނައަހަރުގެ ޖެނުއަރީ 08 ދުވަހުގެ ކުރިން ވީޑިއޯ ހުށަހެޅުމަށް އެދޭ...

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ޒުވާން ލަވަކިޔުންތެރިޔާ ފާއިޒު ރާއްޖެ އަތުވެއްޖެ
Raajje

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ޒުވާން ލަވަކިޔުންތެރިޔާ ފާއިޒު ރާއްޖެ އަތުވެއްޖެ

މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެ އަތުވެއްޖެ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އުއްޗުގެ އުފަން ދުވަހާއި ގުޅިގެން ފާއިޒު ދޭ ޝޯވ އޮންނާނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މާދަމާ ރެ އެވެ. އެހެންނަމަވެސް އުއްޗުގެ އުފަން ދުވަހަކީ މިއަދެވެ. އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯވ، ސްޕަރ ސްޓާރ […]

"ދިރިއުޅުމަކީ މިއީބާ" ގެ އެއް ތަނބު، ކޮމޭޑިއަން އިބްރާހިމްބެ ނިޔާވެއްޖެ
Raajje

"ދިރިއުޅުމަކީ މިއީބާ" ގެ އެއް ތަނބު، ކޮމޭޑިއަން އިބްރާހިމްބެ ނިޔާވެއްޖެ

މަޝްހޫރު ޕްރޮޑިއުސަރ، އެކްޓަރ އަދި ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ ސިލްސިލާ ޑްރާމާ “ދިރިއުޅުމަކީ މިއީބާ” ގެ މައި އެއް ތަނބު ކަމުގައިވާ އަބްދުﷲ އަލީ (އިބްރާހިމްބެ) ނިޔާވެއްޖެ އެވެ. އޭނާގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން މިފަހަކަށް އައިސް ފިލްމީ ދާއިރާ އާ ދުރުގައި ހުރިއިރު، އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ނިޔާވިއިރު، އިބްރާހިމްބެގެ އުމުރަކީ 58 އަހަރެވެ. ދިރިއުޅުމަކީ މިއީބާ ގެ ހުރިހައި އެޕިސޯޑެއްގައި ކަހަލަގޮތަކަށް ހަރަކާތްތެރިވެފައިވާ އިބްރާހިމްގެ އެކްޓިންގ […]

އެމްއޭސީއެލް ގައި ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
Raajje

އެމްއޭސީއެލް ގައި ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ”އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން” އެވޯޑު ދީފި އެވެ. އެގޮތުން އެ ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 68 މުވައްޒަފުންގެ އަގު ވަޒަންކޮށްފައި ވެއެވެ. އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 16 މުވައްޒަފަކާއި 35 އަހަރަށް […]

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ދުވުމެއް ބާއްވަނީ
Thiladhunmathi News

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ދުވުމެއް ބާއްވަނީ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ހާއްސަ ދުވުމެއް ބޭއްވުމަށް އެރަށު ނެރު ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ. އެޖަމިއްޔާގެ ރައީސް ހާމިދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ނެއްލައިދޫގައި ކަމަށެވެ. އަދި އެ ދުވުމަށް އެރަށުން ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. […]

މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް އިސްކަންދޭނެ: ނައިބު ރައީސް
Raajje

މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް އިސްކަންދޭނެ: ނައިބު ރައީސް

މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އަށް 3 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ. އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތު...

ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވެއްޖެ
Raajje

ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ވެއްޖެ އެވެ. ޔާމީންގެ މައްޗަށް ދައުލަތުން ކުރައްވާފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށެވެ. ޔާމީންގެ އިތުރުން މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައ...

އާރްޑީސީން ވަނީ މާޔޫސްވި އެތައް އާއިލާއަކަށް އުންމީދު ގެނެސްދީފައި: މޫކޭ
Raajje

އާރްޑީސީން ވަނީ މާޔޫސްވި އެތައް އާއިލާއަކަށް އުންމީދު ގެނެސްދީފައި: މޫކޭ

މާޔޫސްވި އެތައް އާއިލާއަކަށް އާރްޑީސީން އުންމީދު ގެނެސްދިން ކަމަށާއި، އެ ކުންފުނިން މިއަދުވީ 13 ސަތޭކައަށްވުރެ ގިނަ އާއިލާއަށް ހިނިތުވުން ގެނެސްދީފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާރްޑީސީގެ 3 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނާއި ދޭތެރޭގައި ތަފާތު ނަޒަރަކުން ދެކެން ބޭނުންވާ މީހުންނަށް އެ […]

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް
Raajje

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޝިމާޒު އަލީ ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ‘ތިލަދުން’ އަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވ...

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
Raajje

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި އެވެ. އެކަން ފުލުހުން ހާމަކުރެއްވީ އެ އިދާރާ އިން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ވަޓްސްއެޕް ގްރޫޕުގަ އެވެ. “ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި.” ވަޓްސްއެޕް ގްރޫޕުގައި ފުލުހުންގެ ސްޕޯކްސް ޕާރސަން ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވި...

ޔާމީންގެ ސަޕޯޓަރުން ކުރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެ
Raajje

ޔާމީންގެ ސަޕޯޓަރުން ކުރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެ އެވެ. އެމީހުން ކްރިމިނަލް ކޯޓު ސަރަހައްދަށް މި އެއްވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މިއަދު އިއްވާތީ އެވެ. އެ ކޯޓު ސަރަހައްދަށް އެއްވެފައިވާ ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންނާއި އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް […]