ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެ އެވެ.
އެމީހުން ކްރިމިނަލް ކޯޓު ސަރަހައްދަށް މި އެއްވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މިއަދު އިއްވާތީ އެވެ.
އެ ކޯޓު ސަރަހައްދަށް އެއްވެފައިވާ ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންނާއި އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.
ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލުކޮށްފައިވީ ނަމަވެސް، ޔާމީން ކޯޓަށް ވަޑައިގެންނެވީ ދާދި ދެންމެ އެވެ. އެއީ ކޯޓުން ކުރައްވަންޖެހޭ ބައެއް މަސައްކަތް ނުނިމޭތީ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. އަދި ޔޫސުފް ނައީމަށް ދައުވާ ކުރަނީ ރިޝްވަތު ދިން ކަމަށް ބުނެ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ޔާމީނަށް އަންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!