Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ޖަލަށް ލިޔަސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ: އިހަވަންދޫ ކައުންސިލް
Thiladhunmathi News

ޖަލަށް ލިޔަސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ: އިހަވަންދޫ ކައުންސިލް

ޖަލަށް ލިޔަސް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު މި ގައުމުން ކަނޑުވައެއް ނުލެވޭނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވެފައި މިވަނީ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން […]

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ
Raajje

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވައުދު ވެއްޖެއެވެ. މިގޮތަށް ވައުދުވެފައިވަނީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން ނެވެ. މި ގަރާރު، ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ. ރައީސް ޔާމީނަށް […]

ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި
Raajje

ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި

ހ. ޝީރީންވިލާގޭގައި ތޫނުއެއްޗަކުން ޙަމަލާދީ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއެކު ޖުމްލަ ފަސް ދައުވާ ސާހިލްގެ މައްޗަށް އުފުލާފަ...

ށ. އަތޮޅު ކައުންސިލުން މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ހިންގަނީ
Thiladhunmathi News

ށ. އަތޮޅު ކައުންސިލުން މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ހިންގަނީ

މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދަން ނިންމައިފި އެވެ. އެ ކައުންސިލުން ވިދާޅުވީ، މިއީ އެ އަތޮޅުގެ މުވައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފެންވަރުމަތިކުރުމަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް އަދި ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މިކަމާއި ގުޅިގެން...

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
Raajje

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެޕާޓީން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ގުލޭގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި، ރިޔާސީ ޕްރައިމަރީ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމުގެ ފުރުޞަތު ހުލުވާލާފައިވާ ކަމަށެވެ. އެގޮތުން ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ އަޙްމަދު އަބްދުﷲ އަފީފް އާއި އަފްޝަން ލަތީފް އަދި މުހައްމަދު ހާޝިމް ކަމަށް އެ ޕާޓީން ވިދާޅުވެ އެވެ. […]

ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ އަޅައިފި
Raajje

ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ އަޅައިފި

ފުވައްމުލަކު ސިޓީގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ މިއަދު އަަޅައިފިއެވެ. މި ލެބޯޓްރީ ފެސިލިޓީގެ އިމާރާތް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ނެވެ. މިއީ ޔޫ.އެން.ޑީ.ޕީ އިން ތަންފީޒުކުރާ ‘ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ’ މަސްރޫއުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ލެބުން ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައ...

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
Raajje

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް، ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ. މި ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިއީ ކޮން ކަމަކާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްކަމެއް ހާމައެއް ނުކުރައްވަ އެވެ.

ސްޕޯޓްސް މެނޭޖްމަންޓް ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު
Raajje

ސްޕޯޓްސް މެނޭޖްމަންޓް ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު

ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ވިދާޅުވީ މިއީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ގުޅިގެން ހިންގާ ކޯހެއް ކަމަށާއި މިކޯސް ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ އެމްކިއުއޭ ލެވެލް 5 ގެ ކޯހެއް ކަމަށެވެ. އެއް އަހަރުގެ މުއްދަތަށް ދެ ސެމިސްޓަރއަކަށް ކުރިއަށް ގެންދާ […]

ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
Thiladhunmathi News

ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. ވަށަފަރު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން ވިދާޅުވީ މި ޕާކު ތަރައްގީކޮށްފައިވަނީ 3،25،000 ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އެއީ ކައުންސިލުގެ ބަޖެޓުން ކުރި ހަރަދެއް ކަމަށެވެ. މި ޕާކުގައި ބަހައްޓާފައިވާ ސާމާނަކީ ޔޫތް މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެތި ކަމަށާއި އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ. […]

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނަޝީދަށް ކެންޑިޑޭޓް ނަމްބަރު 1، ރައީސް ޞާލިޙަށް 2
Raajje

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނަޝީދަށް ކެންޑިޑޭޓް ނަމްބަރު 1، ރައީސް ޞާލިޙަށް 2

ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި އަށް ކުރިމަތިލީ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުން ކެންޑިޑޭޓް ނަމްބަރު އެ ޕާޓީން އިއުލާން ކޮށްފި އެވެ. އެގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 1 އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު 2 އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. […]

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ
Thiladhunmathi News

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ. މި ކޭމްޕުގެ މައުލޫމާތު “ތިލަދުން” އާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ މި ކޭމްޕު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ […]

ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި އިހުތިޖާޖެއް ކުރަނީ
Raajje

ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި އިހުތިޖާޖެއް ކުރަނީ

އަންނަ ހުކުރު ދުވަހު، ޕްރޮގްރެސިވް ކޯލިޝަނުން ބޮޑު އިހުތިޖާޖަކަށް ނުކުންނަން ނިންމާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެ އެވެ. މިކަން ހާމަކުރެއްވީ މިއަދު އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މި އިހުތިޖާޖު އޮންނާނީ މި ޑިސެމްބަރ މަހުގެ 30 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި މި އިހުތިޖާޖު މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން […]

''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފި
Raajje

''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފި

”ގާބަރ” ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް “ގާރބަރ” ބްރޭންޑުގެ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް މާލޭގެ ފިހާރަތަކާއި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ޅަފަތުގެ ކުދިންނާއި ކުޑަކުދ...

ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ
Thiladhunmathi News

ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ރައީސް ނަޝީދު ކެމްޕެއިން ޓީމްގެ އިސް އޮފިޝަލަކު މިއަދު ”ތިލަދުން’ އަށް ވިދާޅުވީ، މިދަތުރުފުޅު ފައްޓަވަން މިހާރު ޕްލޭންކޮށްފައި އޮތީ މި ޑިސެމްބަރު މަހުގެ 29 ވާ ބްރާސްފަތި ދުވަހު ކަމަށެވެ. އަދި […]

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި
Raajje

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި

މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއާ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި އެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައ...