"ޔޫތު ލީޑް އެސްޑީޖީ އެކްޝަން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި މުބާރާތަށް ވީޑިއޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ތިން ފަރާތަކަށް 1000 ޕައުންޑުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުން އަންނައަހަރުގެ ޖެނުއަރީ 08 ދުވަހުގެ ކުރިން ވީޑިއޯ ހުށަހެޅުމަށް އެދޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވެ އެވެ. އަދި www.wetransfer.com ވެބްސައިޓު އަދި cycn.belize@gmail.com އީމެއިލް މެދުވެރިކޮށް އޮންލައިން ކޮށް ވީޑިއޯ ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.
މިއީ ކަނޑުތައް ހިމާޔަތް ކުރުމަށް ޒުވާނުންގެ މަސައްކަތް އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް އާއި ކޮމަންވެލްތް ޔޫތު ކްލައިމެޓް ޗޭންޖް ނެޓްވާރކް ގުޅިގެން އިފްތިތާޙްކޮށްފައިވާ ބައިނަލްއަގުވާމީ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 15 ވަނަ ލަނޑުދަނޑި ކަމަށްވާ "ލައިފް ބިލޯ ވޯޓަރ" އާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށާއި ނޫ އިގްތިސާދު ކުރިއެރުވުމަށް އިސްނަގައިގެން ކުރެވިފައިވާ މަސައްކަތްތައް ދައްކުވައިދޭ 5 ނުވަތަ 10 މިނެޓަށްވުރެ ކުރުނޫން ވީޑިއޯއެއް ހުށަހަޅަން ޖެހެއެވެ.
މި މުބާރާތަށް ވީޑިއޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ 3 ފަރާތަކަށް 1000 ޕައުންޑުގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!