ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ވެއްޖެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރައްވާފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށެވެ.
ޔާމީންގެ އިތުރުން މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ހެނދުނު 9:00 ގައި ފެށުމަށް ނިންމާފައިވީނަމަވެސް ޝަރީއަތުގެ ޖަލްސާ ފެށުނީ 12 ޖަހަން ކައިރިވެފައިވަނިކޮށެވެ. އެއީ ކޯޓުން ނިންމަންޖެހޭ ބައެއް ކަންކަން ނުނިމި ހުރުމުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި މައްސަލައިގައި އަދަބު ކަނޑައެޅުން މިއަދު 2 ޖަހާއިރު އޮންނަ ޝަރީއަތުގެމަޖިލީހުގައި އޮންނާނެކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ މަޖިލީސް މެދުކަނޑާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!