Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި، 9 ލައްކައަށްވުރެ ގިނަ ރުފިޔާއާއިއެކު ސަތާރަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަވެއެވެ. މީގެ އިތުރުން މި އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި 933,430 ރުފިޔާ ހޯދާފައިވާ ކަަމަ...

ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ
Raajje

ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ

ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާ އިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ނިޝާމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، ނިޝާމާ، އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ […]

އެއް ވަނަ ޖޫނިއާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތް އަންނަ ފެބްރުއަރީ މަހު
Sports

އެއް ވަނަ ޖޫނިއާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތް އަންނަ ފެބްރުއަރީ މަހު

1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް އަންނައަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައި، ބައިވެރުވުމަށް ހުޅުވާލައިފި އެވެ. މޯލްޑިވްސް ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ 2023 ވަނަ އަހރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ކަމަށެވެ. ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާތަކުން 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މި މުބާރާތާއި […]

ހަ ވަނަ ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ހަ ވަނަ ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި

ހަ ވަނަ ޓީޗާސް ކޮންފަރެންސް ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މިކޮންފަރެންސް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ، މެޑަމް ފަޒުނާއަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ ޓީޗާސް ކޮންފަރެންސް ނިމޭއިރު، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ބ...

ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށް ރައީސަށް ދަންނަވައިފި
Raajje

ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށް ރައީސަށް ދަންނަވައިފި

ގއ. ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުމަށާއި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުމަށް ބޭނުންވާކަމަށް ދާންދޫ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހު ދަންނަވައިފި އެވެ. އެ ކައުންސިލުން މިހެން ދަންނަވާފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އެރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއެކު މިއަދު ބޭއްވެވި މަޝްވަރާގަ އެވެ. މި ބައް...

އެމްއެންޑީއެފުން އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
Raajje

އެމްއެންޑީއެފުން އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ފެށި އޮޕަރޭޝަނެއް ކަމަށެވެ. “އޮޕްސް ހަޅަ” ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ...

ކުރިމަގުގައި ވެސް އިޖުތިމާއީ ރޮނގުން ހިދުމަތް ކުރުމުގައި ދެމި ހުންނާނަން: ނައިބު ރައީސް
Raajje

ކުރިމަގުގައި ވެސް އިޖުތިމާއީ ރޮނގުން ހިދުމަތް ކުރުމުގައި ދެމި ހުންނާނަން: ނައިބު ރައީސް

ރާއްޖޭގެ މުޖަމައުގައި ހުންނަ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށް އެންމެން އެކުގައި ވިސްނުން ބަދަލުކުރުމަށް ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ޗެނަލް، ޓީވީއެމް އިން ގެނެސްދޭ “ހޭޔަންބޯ” ގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނައިބު ވިދާޅުވީ ކަންކަމުގައި ހިޔާލު ތަފާތުވާ މީހުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބުރަބަސްތައް ރައްދުކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެކަމުން ދުރުހެލިވެ، ދިވެހިން އ...

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ
Raajje

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ

އަވަށްޓެރި އިންޑިއާއަށް އެތެރެވާއިރު، ކޯވިޑު ޓެސްޓު ހަދަންޖެހޭގޮތަށް އަނެއްކާވެސް ހަމަޖައްސައިފި އެވެ. އެގައުމުން މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ކޭސްތައް އެގައުމުގައި އަނެއްކާ ވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އައު ގައިޑްލައިނެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އައު ގައިޑްލަ...

ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި
Raajje

ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި

ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް […]

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ހޯރަފުއްޓާއި އިހަވަންދޫ އަށް
Thiladhunmathi News

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ހޯރަފުއްޓާއި އިހަވަންދޫ އަށް

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން، ހއ. ހޯރަފުއްޓަށާއި، އިހަވަންދޫ އަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅާއި ބެހޭ ގޮތުން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ އޮފް ކޮމިއުނިކޭޝަން ނަސްރުﷲ ހުސައިން ވިދާޅުވީ ވަޒީރުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ހޯރަފުށީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެގޮތުން ކޯލްޑް ސްޓޯރޭޖު އެޅުމަށް ބިން ކަނޑައެޅުމަށް ކައުންސިލާ އެކު މަޝްވަ...

ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި
Raajje

ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، އޭގެ މާނަ އޮޅުންފިލުވާ ބައެއް ކަމަށެވެ. ނައިބު ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމާއި އިސްލާމީ ތައ...

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އެބަހުރި: ހުތުބާ
Raajje

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އެބަހުރި: ހުތުބާ

އިސްލާމީ އުންމަތާ މިއަދު ދިމާވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން، އިސްލާމީއުންމަތުގައި އެބަހުރި ކަމަށް މިއަދުގެ ހުކުރު ހުތުބާ ގައި ވިދާޅުވެއްޖެ އެވެ. “އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އިސްލާމީ ދަ...

ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން
Raajje

ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެހެންވެ، އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ހަފުތާއެއްގައި ބާއްވާ ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ އެ މައްސަލައަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއް ކަމަށާއި އެ ރެކޮމެންޑޭޝަނ...

ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލަށް ބައިނަލްއަގުވާމީ އެވޯޑެއް
Business

ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލަށް ބައިނަލްއަގުވާމީ އެވޯޑެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ނޫވިލު ސީޕްލޭން  ޓާރމިނަލަށް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިންގ (އީއެންއާރު) އެވޯޑު ލިބިއްޖެ އެވެ. ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ 18 ޤައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓާއި ވާދަކޮށްގެން ނެވެ. މި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން  ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ. 6 އޮކްޓޯބަރ 2022 ގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއް...

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Raajje

އަހުމަދިއްޔާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް...