Skip to main content
Topic Archive

#ހއ. އަތޮޅު ކައުންސިލް

129 Stories filed
ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް
Thiladhunmathi News

ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް

ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ސެޕްޓެމްބަރ 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ސައިބަރ ކްރައިމް އަށް އާންމުން އަހުލުވެރިކުރުމަށް މިފަދަ ސެޝަންތައް ކުރިއަށް ގެންދާ ތަޖުރިބާކާރު މުޙައްމަދު ޝަރީފް އެވެ. މިގޮތުން މި ޕްރޮގްރާމުގައި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކަށް އަރައިގަތުމަށްޓަކަ...

ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް
Thiladhunmathi News

ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރިކްލަބް ހޯދައިފިއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ. އެންމެ މޮޅު އަންހެން 6 […]

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި
Thiladhunmathi News

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ރަންތާޖު މުބާރާތް މިއަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ފަސްކޮށްފިއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 167 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލުން ވަނީ، ތިލައުތުރު ރަންތާޖު މުބާރާތް އެކި ފަހަރު މަތިން ފަސްވެފައިވާތީ ޤައުމީ މުބާރާތުގެ ޤަވާއިދަށް އަންނަ ބަދަލުތަކަށް ރިއާޔާތްކުރުމަށް ފަހު އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް […]

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ. އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި [...

ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
International

ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ފުރުސަތު ހޯދާފައި ވަނީ ހއ.ކެލާއިންނެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކް މަހުގެ 24-25 އަށް ކެލާގައެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ […]

ހއ.އަތޮޅުގައި ބާއްވާ މެޑިކަލް ކޭންޕުގައި ނަންނޯޓު ކުރުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ
Thiladhunmathi News

ހއ.އަތޮޅުގައި ބާއްވާ މެޑިކަލް ކޭންޕުގައި ނަންނޯޓު ކުރުމަށް އާދީއްތަ ދުވަހު ހުޅުވާލަނީ

ހއ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕުގައި ނަންނޯޓުކުރަން އާއްމުކޮށް ހުޅުވާލައިފިއެވެ. މި އޮގަސްޓް މަހު 15 އިން 16 އަށް ކުރިއަށް ގެންދާ މި ކޭންޕަކީ ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕެކެވެ. އެގޮތުން މި ކޭންޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ: އަންހެނުންގެ ހާއްސަ ޑޮކްޓަރު – […]

ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް

ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި ކޭންޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 އަދި 16 ގައެވެ. މި ކެންޕުގައި ހއ އަތޮޅުގެ ކޮންމެ ރަށަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޭންޕުގައި ބައިވެރިވާ […]

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދަނީ
Thiladhunmathi News

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދަނީ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2025” ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ އޮކްޓޫބަރު 24 އާއި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އަދި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމަށް މި މުބާރާތުން މަގުފަހިވެގެންދާނެއެވެ. މުބާރާތް ހޯސްޓްކުރަން ޝައު...

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. އަތޮޅު ކައުންސިލާއި އުތީމު ކައުންސިލުން ގުޅިގެން މި އަހަރު އުތީމުގައި ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ހއ.އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަހަރު ނޮވެމްބަރ 3 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ ހއ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެ ރަށެއް ތަމްޘީލުކުރާ އެއް ޓީމަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މުބާރާތުގައި ބައ...

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހުޅުވާލައިފި

ހއ އަތޮޅު ކައުންސިލުން “މަސްވެރިންގެ ދުވަސް 2025” ކުލަގަދަ ގޮތެއްގައި އެ އަތޮޅުގައި ފާހަގަކުރުމަށް ނިންމައި، އެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށްޓަކައި އަތޮޅުގެ ރަށު ކައުންސިލަތަކަށާއި ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވަލައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލަމުން ހއ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤުސަދަކީ ހއ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރި...

ތިލައުތުރު ފުޓްސަލް މުބާރާތް މި އަހަރު އުތީމުގައި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތް މި އަހަރު އުތީމުގައި

ހއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 މި އަހަރު ހއ. އުތީމުގައި ބާއްވަން ހަމަޖެހިއްޖެއެވެ.  މި މުބާރާތް އުތީމުގައި ބާއްވަން ހަމަޖެހިފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި އުތީމު ކައުންސިލުން ބީލަން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ގޮތުން މިއަދު ވަނީ ހއ އަތޮޅު ކައުންސިލާއި އުތީމު ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެތައް ބައެއްގެ ތަރުހީބާއި އެއްބާރުލުމާއެކު އިންތިޒާމްކޮށްގެން ބާއް...

 "ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ" ނަމުގައި ހޭލުންތެރިކުރުމަށް ސެޝަންތަކެއް
Thiladhunmathi News

 "ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ" ނަމުގައި ހޭލުންތެރިކުރުމަށް ސެޝަންތަކެއް

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ “ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ” ގެ ނަމުގައި ޖޫން މަހުގެ 14 އިން 18 އަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދެވެ. މި […]

މުރައިދޫއިން ތިލައުތުރު ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި
Thiladhunmathi News

މުރައިދޫއިން ތިލައުތުރު ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން، ހޯރަފުށީގައި ބޭއްވި “ތިލައުތުރު އަންހެން ވޮލީ މުބާރާތް 2025” ގެ ތަށި މުރައިދޫއިން ދިފާއުކޮށްފިއެވެ. ރޭ ހޯރަފުށީ ވޮލީ ކޯޓްގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލުކުރީ މުރައިދޫއާއި އިހަވަންދޫއެވެ. މުރައިދޫއިން ފައިނަލު މެޗު ކާމިޔާބު ކޮށްފައި ވަނީ 3 ސެޓް 1 ސެޓުންނެވެ. މިއީ މި މުބާރާތުގެ ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ މުރައިދޫގައެވެ. އެ މުބާރާތުގައި ވެސް […]

"ތިލައުތުރު އެވޯޑް 2025" އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

"ތިލައުތުރު އެވޯޑް 2025" އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

ހއ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” އަށް ކުރިމަތިލެއްވުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯ...

ހއ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ވެލި އަޅާ ގޯނި ފޯރުކޮށްދީފި
Thiladhunmathi News

ހއ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ވެލި އަޅާ ގޯނި ފޯރުކޮށްދީފި

މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްރަށަށް ވެލި އަޅާ ގޯނި ފޯރުކޮށްދީފިއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ 5000 ގޯނި ފޯރުކޮށްދީފައެވެ. އަތޮޅު ކައުންސިލުން ރަށްރަށަށް އެހީވުމަށް ގޯނިތައް ފޯރުކޮށްދީފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެހީތެރިކަމާއި އެއްބާރުލުމުގެ ދަށުންނެވެ. ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި އުތުރުގެ ރަށް...