ހއ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕުގައި ނަންނޯޓުކުރަން އާއްމުކޮށް ހުޅުވާލައިފިއެވެ.

މި އޮގަސްޓް މަހު 15 އިން 16 އަށް ކުރިއަށް ގެންދާ މި ކޭންޕަކީ ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕެކެވެ.

Ad
rt

އެގޮތުން މި ކޭންޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ:

އަންހެނުންގެ ހާއްސަ ޑޮކްޓަރު - ޑރ. ޕްރީތީ
ހިދުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު - ޑރ. މޫސާ
ކަރުންމަތީގެ ހާއްސަ ޑޮކްޓަރު - ޑރ. ރާޖޭޝް
ކަށީގެ ހާއްސަ ޑޮކްޓަރު - ޑރ. މުޒުނީ އަދި ޑރ. ހަބީބު
ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު - ޑރ. ތެހްޒީބު
ޑައެޓީޝަން - ރީބާ

މި މެޑިކަލް ކޭންޕުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރުމަށް 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހު ހަވީރު 3 ގެ ފަހުން ހއ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ގުޅައިން ނަންނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން 6500093 އަށް ގުޅައިގެން ނަންނޯޓުކުރުމަށް ހއ އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.