ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މި ސެޕްޓެމްބަރ 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ސައިބަރ ކްރައިމް އަށް އާންމުން އަހުލުވެރިކުރުމަށް މިފަދަ ސެޝަންތައް ކުރިއަށް ގެންދާ ތަޖުރިބާކާރު މުޙައްމަދު ޝަރީފް އެވެ.
މިގޮތުން މި ޕްރޮގްރާމުގައި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކަށް އަރައިގަތުމަށްޓަކައި އަމަލުކުރެވޭނެ ގޮތްތަކާއި، އެފަދަ ސްކޭމްއެއްގައި ޖެހިއްޖެނަމަ ދެން އަމަލުކުރަންވީ ގޮތްތައް މުވައްޒަފުންނަށް ވަނީ ކިޔައިދީފައިވެއެވެ.
މީގެ އިތުރުން މިފަދަ ކުށްތަކަށް އެ ފަރާތްތައް ހޭލުންތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ބެހޭ ގޮތުންވެސް މި ޕްރޮގްރާމުގައި މަޝްވަރާކޮށްފައިވެއެވެ.
ގާތްގަނޑަކަށް 18 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި، އެ މުވައްޒަފުންނަށް ވަނީ ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމަށް ބޭއްވި ޕްރޮގްރާމުގައި ބައިވެރިވި ކަމުގެ ލިޔުމެއްވެސް ހަވާލުކޮށްފައެވެ. އަދި ފެސިލިޓޭޓަރ މުޙައްމަދު ޝަރީފް ކޮށްދެއްވި މަސައްކަތް އަގުވަޒަންކުރުމުުގެ ގޮތުން ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!