މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްރަށަށް ވެލި އަޅާ ގޯނި ފޯރުކޮށްދީފިއެވެ.

އެގޮތުން ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ 5000 ގޯނި ފޯރުކޮށްދީފައެވެ.

Ad
rt

އަތޮޅު ކައުންސިލުން ރަށްރަށަށް އެހީވުމަށް ގޯނިތައް ފޯރުކޮށްދީފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެހީތެރިކަމާއި އެއްބާރުލުމުގެ ދަށުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި އުތުރުގެ ރަށްތަކަށް ފެންބޮޑުވެ ގެދޮރާއި މުދަލަށް ގެއްލުންވެގެން ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ފާއިތުވި ހަފްތާ އުތުރުގެ ބައެއް ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާއިރު، އަތޮޅު ކައުންސިލުން ހއ އަތޮޅަށް މި ވެދިން އެހީގެ ސަބަބުން ރައްޔިތުން ވަނީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހަފްތާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.