ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ.

Ad
rt

އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަތޮޅު ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv އަށް 2025 ސެޕްޓެންބަރު 03 ވާ ބުދަ ދުވަހުގެ 12:00 ކުރީން މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށ،ް އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. އަދި ހއ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއ،ި ފުޓްސަލް ކުރިއެރުވުމާއި، އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއ،ި އެފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފަހިމާހައުލެއް ހޯދައިދީ، އިންތިޒާމީ ގޮތެއްގައި އެކަން ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަގްސަދުތަކެވެ.

މި މުބާރާތުގައި ބައިވެރި ވެވޭނ،ީ ހއ.އަތޮޅުގެ ރަށްތަކުގެ ތެރެއިން އެރަށަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު އެއީ އެރަށުގެރައްޔިތެއްކަން ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެފަދަ މީހަކީ މުބާރާތް ކުރިއަށް ގެންދާ އަހަރުގެ ޖަނަވަރީ 1 ގެ ކުރިން އެ ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ވާންޖެހޭނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް އެރަށަކަށް ނިސްބަތްވާ އަދި އައިޑީކާޑުގައި އެރަށުގެ ނަމުގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް ވާންޖެހެއެވެ. އަދި މި މުބާރާތުގައި ކުޅެވޭނީ މުބާރާތް ބާއްވާ އަހަރުގެ ޖަނަވަރީ 01 ގެ ކުރީން އެރަށެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ. މި މުބާރާތުގައި އިތުރު ބައެއް ވަނަތައް ވެސް ހޮވާނެއެވެ.

މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ.