ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ފުރުސަތު ހޯދާފައި ވަނީ ހއ.ކެލާއިންނެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކް މަހުގެ 24-25 އަށް ކެލާގައެވެ.

Ad
rt

މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމަށް ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ހއ.ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އެ ރަށެއް ތަމްސީލް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ ރަށެއްގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ފާއިތުވި އަހަރު މި މުބާރާތް ބާއްވާފައި ވަނީ އެ އަތޮޅު އުތީމުގައެވެ. މުބާރާތުން އެންމެ މޮޅު ރަށަކަށް ދިއްދޫ ހޮވުނުއިރު، މުޅި މުބާރާތުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އިހަވަންދޫ ސްކޫލްގެ އައިމިނަތު ނަސްރަތުއެވެ.