ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ތިލަދެކުނު ވޮލީ މުބާރާތް 2025" ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރިކްލަބް ހޯދައިފިއެވެ.
ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ.
އެންމެ މޮޅު އަންހެން 6 ކުޅުންތެރިން
- ޝަހުމީލާ އަބުދުލްހަކީމް ޖޒ12، ހަނިމާދޫ ސާއްބަ އކ.
- އައިޝަތު ރީސާ ޖޒ14، ހަނިމާދޫ ސާއްބަ އކ.
- އައިޝަތު މުހައްމަދު ޖޒ9، ހަނިމާދޫ ސާއްބަ އކ.
- އީނަތު އަހުލާ ޖޒ16، ފިނޭ ޑެޒަޔަރ ކްރޫ ސކ.
- އައިޝަތު ސަބާނާ ޖޒ15، ފިނޭ ޑެޒަޔަރ ކްރޫ ސކ.
- މަލްދާ މަސޫދު، ޖޒ12، ސޮސައިޓޯ ފޯރ ކުޅުދުއްފުށީ ޔޫތު ލިންކޭޖު.

އަންހެން ޑިޒިޒަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބަ ޓީމުގެ ކޯޗު މުހައްމަދު ނާސިރެވެ.
މި މުބާރާތުގެ އަންހެން ޑިވިޒަންގެ ފެއާޕްލޭ ޓީމަކީ ކުމުންދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކުޅޭނީ މިރެއެވެ. މިރޭ 20:15 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނޮޅިވަރަން ޒުވާނުންގެ ގުޅުމެވެ.
"ތިލަދެކުނު ވޮލީ މުބާރާތް 2025" ކުރިއަށް ދަނީ ހދ. ނައިވާދޫ ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!