ހއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 މި އަހަރު ހއ. އުތީމުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި މުބާރާތް އުތީމުގައި ބާއްވަން ހަމަޖެހިފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި އުތީމު ކައުންސިލުން ބީލަން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތް ހޯސްޓް ކުރުމުގެ ގޮތުން މިއަދު ވަނީ ހއ އަތޮޅު ކައުންސިލާއި އުތީމު ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެތައް ބައެއްގެ ތަރުހީބާއި އެއްބާރުލުމާއެކު އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ނޮވެމްބަރ ގައެވެ.
އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު 'ތިލަދުން' އަށް ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމު ޤާއިމްކުރުމަށްފަހު 15 އަހަރުވެގެން ދާއިރު މިހަކަލަ މުބާރާތެއް އުތީމު ކައުންސިލުގެ 4 ވަނަ ދައުރުގައި ހޯސްޓް ކުރުމަށް ފުރުސަތު ލިބުމަކީ އެ ކައުންސިލަށް ލިބޭ ވަރަށް ބޮށު ޝަރަފެއްކަމަށެވެ.
އުންމީދަކީ މުބާރާތް ފެށުމުގެ ކުރިން އުތީމު ރައްޔިތުންނާއި ކައުންސިލު މެންބަރުންނާއި މުވައްޒަފުންގެ އެއްބާރުލުމާއެކު އުތީމު ދަނޑު ތައްޔާރުކޮށް މި މުބާރާތް ކުލަގަދަކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ ހއ. އަތޮޅު ކައުންސިލުން އުތީމު ކައުންސިލަށް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާތީ އަތޮޅު ކައުންސިލަށް ޝުކުރުއަދާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!