ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް
ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިއީ ތާރީހުގައި ވެސް ޖިރޯނާއަށް ބާސާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ބާސާއަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް […]