Skip to main content
Topic Archive

#ސްޕެނިޝް ލަލީގާ

56 Stories filed
އެސްޕަނިޔޯލް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

އެސްޕަނިޔޯލް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ އެސްޕަނިޔޯލުންނެވެ. މި ލނަޑު މެޗުގެ 8 ވަނަ މިނެޓުގައި އެސްޕަނިޔޯލްގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް ހޯދައި އެ ޓީމްގެ ސަންޗޭޒް ސައޭޒް ރެއާލުގެ ގޯލު ކުރިމައްޗަށް […]

އޮސަސޫނާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

އޮސަސޫނާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗަށް ރެއާލުން އެކުލަވާލި ޓީމުގައި އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ހިމަނާފައި ނުވެއެވެ. މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގައި ރެއާލް ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ. ވުމާއެކު […]

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު ރޭ ލީގުގައި އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި
Sports

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް […]

ފުރުޞަތުގެ ބޭނުންހިފައި ބާސާ ލީޑު ފުޅާކޮށްފި
Sports

ފުރުޞަތުގެ ބޭނުންހިފައި ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ނަގައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 20 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން […]

ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ރެއާލުން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗު ފެށިތާ ތިންމިނެޓްގެ ތެރޭ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެސެންސިއޯއަށް […]

ބެޓިސް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި
Sports

ބެޓިސް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާ ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑިޔޮން ބެޓިސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރަފީނިއާ ބޮލުންޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު އިރު ރަފީނިއާ […]

ސޮސިއެޑާޑް އަތުން މޮޅުނުވެވި ރެއާލް ފަސް ޕޮއިންޓް ފަހަތަށް
Sports

ސޮސިއެޑާޑް އަތުން މޮޅުނުވެވި ރެއާލް ފަސް ޕޮއިންޓް ފަހަތަށް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓް ތާވަލުގައި އެ ޓީމާއި ބާސެލޯނާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސޮސިއެޑާޑްއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު ބާސާ އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު […]

ވިޔަރެއާލް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި
Sports

ވިޔަރެއާލް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި

ސްޕެނިޝް ލަލީގާގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރެއާލް އަތުން ވިޔަރެއާލް މިރޭ މޮޅުވިއިރު، މިއީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ރެއާލް އަތުން އެ ޓީމަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި މި ދެ […]

މެސީގެ ހެޓްރިކާއިއެކު ސެލްޓަ ވިގޯ ބަލިކޮށް ބާސާ އެއްވަނައިގަ ހަމަޖެހިލައިފި
Sports

މެސީގެ ހެޓްރިކާއިއެކު ސެލްޓަ ވިގޯ ބަލިކޮށް ބާސާ އެއްވަނައިގަ ހަމަޖެހިލައިފި

ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-1 އިން ސެލްޓަ ވިގޯ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނާގައި ހަމަޖެހިލައިފިއެވެ. ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. އޭގެ ފަހުން މެޗުގެ 40 ވަނަ މިނެޓުގައި ސެލްޓަ ވިގޯ އިން ވަނީ މެސީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު […]

ލެގަނޭސް ބޮޑު ތަފާތަކުން ބަލިކޮށް ރެއާލް އިން ބާސެލޯނާއާ އެއް ޕޮއިންޓަށް ކައިރިކޮށްފި
Sports

ލެގަނޭސް ބޮޑު ތަފާތަކުން ބަލިކޮށް ރެއާލް އިން ބާސެލޯނާއާ އެއް ޕޮއިންޓަށް ކައިރިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 5-0 އިން ރެއާލް މެޑްރިޑް މޮޅުވެ ލީގުގެ 1 ވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓާއި ކައިރިއަށް ޖެހިލައިފިއެވެ. ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދައިގެން ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރޭގެ މެޗާއިއެކު ރެއާލް މެޑްރިޑުންވެސް ވަނީ 10 މެޗު ކުޅެ 21 ޕޮއިންޓު ހޯދާފައެވެ. ރެއާލް މެޑްރިޑްގެ ފުރަތަމަ ގޯލު މެޗުގެ 7 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރީގޯ އެވެ. އެ ގޯލު ޖެހިތާ މިނެޓެއް ފަހުން އެނެއްކާވެސް ރެއާލް […]