ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް
ށ. ފޯކައިދޫގައި ހޯމް ގާރޑެނިންގ އަދި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން، ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދާ 4 ދުވަހުގެ ޕްރޮގްރާމެކެވެ. މިގޮތުން މި ސެޕްޓެމްބަރ މަހު 18 އިން 21 އަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ނަގައިދެވޭ ބައިތަކުގެ ތެރޭގައި، ހައިޑްރޯޕޯނިކްސް/ ޝީލްޑިންގ ޓްރޭގައި މުޑުއްވައްކުރުމާއި، ގަސްކާނާ އަދި ފެންދޭނެ ރަނގަޅު...