މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފޯކައިދޫ ރަމްޒުކޮށްދޭ ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ހުށަހަޅާ ލޯގޯއަކީ އެ ރަށުގެ ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވުން ހިމެނެއެވެ. ހުށަހަޅާ ލޯގޯއިން އެއްވެސް ސިޔާސީ ޕާޓީއެއް އަދި އެހެން މުއައްސަސާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
ފަރުމާ ކުރެވޭ ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ފަސޭހައިން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންޖެހެއެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ފޯކައިދޫ ކައުންސިލުން ބޭނުން ކުރުމަށް ފާސްކުރާ ލޯގޯ ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ކުރިން ފަރުމާކޮށްފައިވާ ލޯގޯއާއި އެއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހަމަކޮށް ފޯކައިދޫ ކައުންސިލަށް ހުށަހަޅެމަށް އެ ކައުންސިލުން އެދެއެވެ. އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން info@foakaidhoo.gov.mv މި މެއިލް އެޑްރެހަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!