ށ. ފޯކައިދޫގައި ހޯމް ގާރޑެނިންގ އަދި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން، ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދާ 4 ދުވަހުގެ ޕްރޮގްރާމެކެވެ.
މިގޮތުން މި ސެޕްޓެމްބަރ މަހު 18 އިން 21 އަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ނަގައިދެވޭ ބައިތަކުގެ ތެރޭގައި، ހައިޑްރޯޕޯނިކްސް/ ޝީލްޑިންގ ޓްރޭގައި މުޑުއްވައްކުރުމާއި، ގަސްކާނާ އަދި ފެންދޭނެ ރަނގަޅު އާދަތަކާއި، ކޮމްޕޯސްޓް ހެދުން ހިމެނެއެވެ.
މީގެ އިތުރުން ގަސްތަކަށް ދިމާވާ ކާނާގެ އަދި ފަނިފަކްސާ މައްސަލަތައް ދެނެގަތުމުގެ އިތުރުން ބަލި ކޮންޓްރޯލް ކުރުން އަދި ރައްކާތެރި ގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުންވެސް މި ތަމްރީނު ޕްރޮގްރާމުގައި ހިމެނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލަމުން ފޯކައިދޫ ކައުންސިލުން ވަނީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރ 17 ވާ ބުދަ ދުވަހުގެ ކުރިން https://forms.office.com/r/pNE5TPF51 މެދުވެރިކޮށް ރަޖިސްޓްރަ ވުމަށް އެދިފައެވެ.
މި ތަމްރީނު ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 7453737 އަށް ގުޅުމަށް ފޯކައިދޫ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!