ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

Ad
rt

އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް ހޮވުމަށް ވޯޓްލާފައިވާއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ.

  • އަހްމަދު އާސިފް (ފޯކައިދޫ ކައުންސިލްގެ ރައީސް) ލިބުނު ވޯޓް 7
  • އަހްމަދު ޝާހިދު (ގޮއިދޫ ކައުންސިލްގެ ރައީސް) ލިބުނު ވޯޓް 6
  • އާދަމް ސަލީމް (މާއުނގޫދޫ ކައުންސިލްގެ ރައީސް) ލިބުނު ވޯޓް 2

ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް އާސިފް ހޮވިފައިވާތީ، އަތޮޅު ކައުންސިލުން ވަނީ މަރުހަބާ ދަންނަވާފައެވެ.