ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

IMG_7595

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ގެތަކަށް ފޮތި ކޮތަޅު ބެހުމަށް ހިންގާ ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފޯކައިދޫ ކައުންސިލުން އެ ރަށުގައި މީހުން ދިރިއުޅޭ 265 ގެއަށް، ކޮންމެ ގެއަކަށް ފަސް ކޮތަޅު ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ އެ ކައުންސިލުގެ ސްޓާފުންގެ އެހީތެރިކަމާއިއެކު ގެތަކަށް ކޮތަޅު ބެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ކޮންމެ ގެޔަކަށް ދެ ކޮތަޅު ބަހާނެ ކަމަށެވެ. ބާކީބައި މި މަސް ނިމޭ ހިސާބުގައި ލިބޭނެ ކަމަށާއި ލިބުމާއިއެކު އެބައި ބެހުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.

މިއީ ފޯކައިދޫ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އާސިފް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެ ރަށުގެ ގެތަކަށް ފޮތިކޮތަޅު ބެހުމާއިއެކު މިހާރު ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ. އާސިފްވަނީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅު ބޭނުން ކުރުމަށް އިސްކަން ދިނުމަށް ރަށުގެ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

އެ ރަށުގެ ގޭބިސީތަކަށް ބަހާ ފޮތި ކޮތަޅު ޑިޒައިން ކުރެވިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދި އައިލެންޑް އާޓިސްޓް ގުޅިގެން ފޯކައިދޫގައި ކުރަހާފައިވާ މިއުރަލް ވޯލް ޕެއިންޓިންގ ގެ ތީމާއި ގުޅޭ ގޮތަށެވެ. މި ޕެއިންޓިންގ ގައި ދައްކުވައިދެނީ އަހަރުމެންގެ އަމަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި